ރިޔާސީ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ޞާލިހު މިއަދު ތިނަދޫއަށް ވަޑައިިގެންނެވުމަށް ފުރުމުގެ ކުރިން އެއާޕޯޓުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުވެފައެވެ. ފުރުމުގެ ކުރިން ޤާސިމާއި ރައީސް ޞާލިހާއިި ދިމާވުމުން ދެބޭފުޅުން ވަނީ އެކުވެރި މާހައުލެއްގައި ބައްދަލުކޮށް ސަލާން ގަލާންކޮށް ވާހަކަ ދައްކަވާފައެވެ. ރައީސް ތިނަދޫއަށް ވަޑައިގެން މިރޭ ތިނަދޫ ސިޓީއަކަށް ބަދަލު ކުރައްވާނެއެވެ.
މިދެބޭފުޅުން ވާހަކަ ދެއްކެވިއިރު ކައިރީގައި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންވެސް ތިއްބެވެ. ރައީސްގެ އަރިހުގައި ކޯލިޝަން ޕާޓްނަރުން ކަމަށްވާ، އިމްރާނާއި، ސިޔާމްވެސް ހުއްޓެވެ. ޤާސިމްގެ އަރިހުގައި އެމަނިކުފާނުގެ ކެމްޕޭން ޓީމުގެ ބޭފުޅުންވެސް ތިއްބެެވެ.
މިދެބޭފުޅުން ބައިދަލުވެފައިވާއިރު ރައީސް ޞާލިހު އިއްޔެ ވަނީ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ކޯލިޝަން ހެދުމަށް ޕީޕީއެމް ފިޔަވާ ދެން ހުރި ޕާޓީތަކާއެކު މަޝްވަރާ ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. ދެވަނަ ބުރަކަށް ހިނގައްޖެނަމަ ޕީޕީއެމް ނޫން އެހެން ހުރިހާ ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާކުރަމުން އަންނަކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ. ރައީސް ޞާލިހް ވިދާޅުވީ ޕީޕީއެމްއާއި އެމްޑީޕީއަކީ ތަފާތު 2 ފިކުރެއްގެ ބައެއްކަމަށާއި ޤައުމަށް ފައިދާވާނީ 2 ޕާޓީން ވަކިން މަސައްކަތް ކޮށްގެންކަމަށެވެ.
އަދި ސިޔާސީ ވާދަވެރިކަންވެސް އޮންނާނީ ވަކިން މަސައްކަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ދެވަނަ ބުރުގައި ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކާއެކު އެކި ލެވެލްގައި މަޝްވަރާ ކުރަމުން އަންނަކަށާއި މި ދަނޑިވަޅަކީ ދެންތިބި ޕާޓީތަކުން ގޮތް ނިންމަންވީ ދަނޑިވަޅުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯލިޝަން ހެދުމަށް މަޝްވަރާ ކުރައްވާކަން ހާމަކުރެއްވިއިރު ޤާސިމް ގެންދަވަނީ ވަރަށް ފާޅުގައިި ރައީސް ޞާލިހަށް އިތުރު ދައުރެއް ދޭން ނުޖެހޭކަމަށް ބުނަމުންނެވެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ކަނޑައެޅިގެން ޚިލާފްވެ ވަޑައިގެންފައިވާކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.
2 Responses
ކޮންމެ އެއްޗެއްކިޔަސް ފަހުވަގުތު ދެމިގަންނާނެ.އޭނަގެ ސަބަބުން މިއަދު މިގައުމު އަޅުވެތިކަމަށް ދިޔައީ.މިފަހަރުވެސް ހަދާނީ އެހެން.ވެެރިކަން ނުލިބިއްޖެއްޔާ ބައިފަޅި ބޭނުންވާނީ.
ގައުމު އަޅުވެތިކުރީއޭ ކިޔާފައި އެއްޗެހި ގޮވާފައި، ދިމާވީމައި ކޮނޑަށް އަތްވައްޓާލައިގެން ހެވިފައި. މުނާފިޤުންގެ ވެސް އެންމެ މަތީ ދަރަޖައިގައި.