ރާކީ އުމްރާގައި

ރާކީ އުމްރާގައި

Author
ފާތިމަތު ނާވީ
01 ސެޕްޓެމްބަރ 2023 08:48
0

ބޮލީވުޑްގެ ކުރީގެ "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު ނެށުންތެރިއާ ރާކީ ސާވަންތު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ހިނގައްޖެ އެވެ.

ރާކީ އުމްރާގެ އަޅުކަން އަދާކޮށްފައި މިވަނީ އޭނާގެ ކުރީގެ ފިރިމީހާ އާދިލް ޚާން ދުރާނީއާ ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރާކީ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ދަތުރުގެ ބައެއް މަންޒަރުތައް ހިއްސާކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Filmymantra Media (@filmymantramedia)

އަބަދުވެސް ކޮންމެވެސް މައްސަލަ ގަނޑެއްގެ ތެރޭގައި ތާށިވެފައި ހުންނަ ބަތަލާ ބުނީ އުމްރާ އަށް ދެވުމަކީ ވަރަށް ހެޔޮ ނަސީބެއް ކަމުގައި ދެކޭ ކަަމަށެވެ. އަދި ހުރީ ވަރަށް އުފަލުން ކަމަށާއި އެންމެން ހެޔޮ ދުއާ ކޮށްދިނުމަށް އޭނާ ވަނީ އެދިފައިއެވެ. އަދި އެންމެންނަށް އޭނާ ވެސް ދުއާ ކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފައިއެވެ.

ރާކީއާއި އޭނާގެ ބޭބެ މަސްޖިދުލް ހަރާމްގައި ތަވާފްކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ބުނެފައިވަނީ މީ ރާކީ ޖައްސާ ސްޓަންޓެއް ކަމަށެވެ.

 

View this post on Instagram

 

A post shared by Instant Bollywood (@instantbollywood)

ރާކީ މިވަގުރު ހުރީ މަދީނާގައިއެވެ. އަދި އެތަނުން ފެނިގެން ބައެއް މީހުން ވަނި އޭނާ އާއި އެކުގައި ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އަޕްލޯޑް ވެސް ކޮށްފައިއެވެ. ނަސާރާ ދީން ދޫކޮށްލައި ރާކީ އިސްލާމްވިކަން އޭނާ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހު އެވެ. ރާކީ އިސްލާމް ވީ، އޭނާގެ ކުރީގެ ފިރިމީހާ އާދިލް ހާންއާ ކައިވެނިކުރުމުގެ ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކައިދާ
ޢެޑިޓްކޮށްފަ ހުރި ފޮޓޯތަކެއް އޭނާގެ ޕާސްޕޯރޓް މުސްލިމެއްގެ ނަމުގަ ހަދާފައެއް ނުވޭ ޣައިރު މުސްލިމުންނަށް މައްކާއަށް ވަނުމަށް ވިސާ ނުދޭ އެފަދަ ބޮޑު ދޮގު ވެރިއެއްގެ ދޮގު ވާހަކަތައް ލިޔުމަށްވުރެ ރަގަޅުވާނެ އެއްޗެއް ނުލިޔެ ހިމޭނުން ތިބުންވެސް