އެންމެ މަސައްކަތް ކޮށްލަން ބޭނުން ވަނީ ބަތަލާ އާލިއާ ބަޓް އާއި އެކުގައި ކަމަށް އެކްޓަރު ސަނީ ޑީއޯލް ބުނެފިއެވެ.
އޭނާ ދުވަސް ގަނޑަކަށް ފަހު ބޮޑު ސްކްރީން އަށް އެނބުރި އައި ފިލްމް "ގަދަރް 2″ ގެ ކާމިޔާބީ އާއިއެކުގައި އުފަލުން ހުރި ސަނީ ބުނީ އޭނާ ބޭނުން ވަނީ އާލިއާ އެކުގައި މަސައްކަތް ކޮށްލަން ކަމަށެވެ. އަދި އޭނާ ބޭނުން ވަނީ އާލިއާގެ ބައްޕަގެ ރޯލު ކަމަށް ވެސް ވަނީ ބުނެފައިއެވެ.
އަދި ދަރިއަކާއި ބައްޕަ އަކާއި ދެމެދުގައި އޮންނަ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާ ފިލްމް އަކުން ފުރުސަތު ލިބިއްޖެ ނަމަ އެ ރޯލު ދޫކޮށް ނުލާނެ ކަމަށް ސަނީ ވަނީ ބުނެފައިއެވެ.
އޭނާ އެފަދައިން ވާހަކަ ދައްކައިފައވާ އިރުގައި މި ފަހުން އާލިއާ އަށް ވަނީ އިންޑިއާގައި ދޭ ޝަރަފުވެރި އެވޯޑެއް ކަމުގައިވާ ނެޝަނަލް އެވޯޑް ހާސިލު ކޮށްފައިއެވެ. މީގެ އިތުރުން އާލިއާ އަކީ އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާ ވެސް މެއެވެ.
ސަނީ އަކީ ވެސް ވަރަށް ކާމިޔާބު އެކްޓަރެކެވެ. އޭނާ ގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ސަނީ ވަނީ ދާއިރާ އާއި ކޮންމެވެސް ރަކަށް ފެޔަށް ޖެހުމަށްފަހު ވަރަށް ގަދަކޮށް އެނބުރި އައިސްފައިއެވެ.
އެގޮތުން ސަނީގެ ފިލްމް މިހާރުވެސް ވެސް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 460 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދާފައިއެވެ. އަމާޒަކީ 500 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދުމެވެ. ސަނީއާއި އާއި ލީޑް ބަތަލާ އަމީޝާ ޕަޓޭލްއާ އެކު އޭނާގެ އޮން ސްކްރީން ކެމިސްޓްރީއަށް ތައުރީފުކޮށް ބެލުންތެރިން ވަނީ 22 އަހަރުވީ ފިލްމުގެ ސީކުއެލްއާ އަށް ހިތްދީފައިއެވެ.
އާލިއާ އަންނަނީ ޑައިރެކްޓަރު ވަސަން ބާލާގެ ޕްރިޒަން ބްރޭކް އެކްޝަން ފިލްމުގެ ޝޫޓިން އާލިއާ ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ. އަދި މީގެ އިތުރުން އޭނާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ބައިޖޫ ބަވްރާ" އާއި އަދިތިޔާ ޗޯޕްޅާގެ ސްޕައި ޔުނިވާސްގެ ތެރޭގައި ހިމެނޭ ސްޓޭންޑަލޯން ފިލްމެއް ވެސް ހިމެނެ އެވެ.
އަނެއްކޮޅުން "ގަދާރް 2″ ގެ ފާހަގަކޮށްލެވޭ ކާމިޔާބީއަށްފަހު ސަނީ ޑިއޯލް މިހާރު އަންނަނީ އޭނާގެ އެކްޝަން ޑްރާމާ "މާ ތުޒޭ ސަލާމް" ގެ ސީކުއެލް ކުޅެން ތައްޔާރުވަމުންނެވެ. އޭހެ އިތުރުން ސަނީ އަންނަނީ ޖޭޕީ ދައްތާ އާއި ނިދީ ދައްތާއާ އެކު ހަނގުރާމައިގެ ފިލްމު "ބޯޑާ 2″ މަސައްކަތް ފެށުމަށް ވެސް ތައްޔާރު ވަމުންނެވެ.