އަރްމާން މާލިކް އެންޖޭޖު ވެއްޖެ

އަރްމާން މާލިކް އެންޖޭޖު ވެއްޖެ

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2023 07:52
0

ބޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިއާ އަރްމާން މާލިކް އޭނާގެ ޒަމާންވީ ލޯބިވެރިޔާ އަޝާނާ ޝްރޮފްއާ އެންގޭޖުވެއްޖެ އެވެ.

އަރްމާން އާއި އޭނާގެ ޒަމާންވީ ލޯބިވެރިއާ އެންގޭޖް ވި ކަމަށް އިއުލާން ކޮށްފައިވަނީ އެމީހުން އެކުގައި ނަގައިފައިވާ ފޮޓޯ ތަކަކާއި އެކުގައި ސޯޝަލް މިޑިއާގައިއެވެ. އަޝާނާ އަކީ އިންޑިއާގެ ޝޯޝަލް މީޑިއާ އިންފްލުއެންސާއެކެވެ.

 

View this post on Instagram

 

A post shared by ARMAAN MALIK 🧿 (@armaanmalik)

އަރްމާން އާއި އަޝާނާ ލޯބީގެ ގޮތުން ގުޅިފައިވަނީ  2017 ވަނަ އަހަރުގައިއެވެ. އެކުގައި ދެ އަހަރެއްހައި ދުވަހު އުޅުމަށް ފަހު 2019 ވަނަ އެދެމީހުން ރުޅިވި ކަމުގެ ހަބަރުތަކެއް ވެސް ފެތުރުނެވެ. އެފަހުން އަނެއްކައިވެސް އެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް ވަނީ ނޫސްތަކުން ރިޕޯޓް ކޮށްފައިއެވެ.

ދެމީހުންގެ ވަރަށް ރީތި ފޮޓޯ ތަކާއި އެކުގައި އެންގޭޖްމެންޓް އިއުލާން ކުރި ނަމަވެސް އެމީހުން ކައިވެނި ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.