ރިޔާސީ ކެމްޕޭނަށް ރ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ބޯވިއްސާރާގައި ރ.އަލިފުއްޓަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުޚަބާއެއް ދަންނަވައިފިއެވެ.
މުއިއްޒު އަލިފުއްޓަށް ވަޑައިގެންނެވި ވަގުތަކީ މޫސުން ވަރަށް ގޯސް ވަގުތަކަށް ވީނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ތެމިފޯވެގެން މުއިއްޒުއަށް މަރުޚަބާ ދަންނަވާފައެވެ. މުއިއްޒު ވަނީ ބޯ ވިއްސާރާގައި އެހާ ގިނައަދަދެއްގެ ބަޔަކު ނިކުތުމުން ހައިރާކަން ލިބިވަޑައިގެން އެކަމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
މިދަތުރުފުޅުގައި މުއިއްޒު ފުރަތަމަ ވަޑައިގެންނެވީ ރ. އަލިފުއްޓަށެވެ. އޭގެ ފަހުން ރ.އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށްފަހު އަނެއް ދުވަހު ވަޑައިި ގަންނަވާނީ ބ. އަތޮޅަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު ވަޑައި ގަންނަވާނީ ޅ.އަތޮޅުގެ ރަށްތަކަށެވެ. ޅ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރަށްފަހު މުއިއްޒު މާލެ ވަޑަައި ގަންނަވާނީ އެރޭ އޮންނަ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.
PPM PNC ge Riyaasy Candidate Dr. Mohamed Muizzu R. Alifuttah vadaigennevun @MMuizzu #Vote4Muizzu#DrMuizzuSembe#DhiveheengeRaajje #FreePresidentYameen pic.twitter.com/cEKzT9AWx6
— Progressive Party of Maldives (@ProgressPartyMV) August 29, 2023
މުއިއްޒު މިހާތަަނަށް ވަޑައިގެންނެވި އަތޮޅުތަކުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި މިއިންތިޚާބު ކާމިޔާބު ކުރުމަށް މުއިއްޒުއަށް ރަށްތަކުން ލިބިފައިވާ ބޮޑު ސަޕޯޓާއިއެކު އިންތިޚާބު އެއް ބުރުން ކާމިޔާބު ކުުރުމަކީ އިދިިކޮޅު ކޯލިޝަންގެ އަމާޒެވެ.
ކޮމެންޓު ފޮނުވާ