މިސަރުކާރު އެންމެ ކުޅަދާނައީ ކޮރަޕްޝަނަށް: އަމީން

މިސަރުކާރު އެންމެ ކުޅަދާނައީ ކޮރަޕްޝަނަށް: އަމީން

ގުޅުންހުރި

މިސަރުކާރުން ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ވަރަސް ކުޅަދާނަކަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ.އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތިމަރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އަމީން ވިދާޅުވީ، ރައްޔިތުން މިސަރުކާރުން ގެނައީ ވަރަށް ބޮޑު އުންމީދެއްގައިކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ ކޮންމެ ރަށަކުން ބުނަނީ މިސަރުކާރު ބަދަލުކުރަން ބޭނުންވާ ވާހަކަކަމަށް އަމީން ވިދާޅުވިއެވެ.

އަމީން އިބްރާހީމް ވިދާޅުވީ، މިއީ ނާގާބިލު ސަރުކާރެއްކަމަށާއި، މިސަރުކާރު އެންމެ ކުޅަދާނައީ ކޮރަޕްޝަންގެ ޢަމަލުތަކަށްކަމަށް އަމީން ވިދާޅުވިއެވެ. އެ ހުރިހާ ކަމަކުން ސަލާމަތްކޮށްދެއްވާނެ ހަމައެކަނި ކެންޑިޑޭތަކީ ޤާސިމް އިބްރާހީމްކަމަށް އަމީން ވިދާޅުވިއެވެ.

މިއީ ނާގާބިލު ސަރުކާރެއް. ވައުދު ފުއްދުމުގެ ގާބިލުކަމެއްނެތް މިސަރުކާގައެއް ނެތް. އަދި މި ސަރުކާރު ކުޅަދާނައީ ކޮރަޕްޝަނުގެ އަމަލުތައް ހިންގުމަށް.

– އަމީން އިބްރާހީމް ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންނެވި މެންބަރުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާ ހުށައަޅުއްވައިގެން އަލުން އެމްޑީޕީއަށް ގެންދަވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރައްވައެވެ. މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިނަށް ދައުލަތުގެ މުވައްޒަފުންނާއި ވަޞީލަތްތައް ބޭނުންކުރާކަމަށްވެސް އިދިކޮޅު ކެންޑިޑޭޓުން ތުހުމަތުކުރައްވައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނުގައިވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ