ގޯތީގެ ރަޖިސްޓްރީ ދޫކުރުން މިއަދުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި!

ގޯތީގެ ރަޖިސްޓްރީ ދޫކުރުން މިއަދުން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި!

މާލޭ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމްފެ ދަށުން ގޯތި ލިބޭ މީހުންނަށް ގޯތިތައް މިއަދު ހަވާލުކުރަން ނިންމައިފިއެވެ. ގޯތި ހަވާލުކުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނީ، ގޯއްޗާ ހަވާލުވުމަށާއި ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އަންގަމުންދާނެކަމަށެވެ. އަދި ގޯތި ލިބޭ ފޯމުގައި ހިމެނޭ ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާނަމަ "ގެދޮރުވެރިން ޕޯޓަލް" ގައި އެޓޭޗްކޮށްފައިވާ ޕަވަރ އޮފް އެޓާނީ ފުރިހަމަކުރެއްވުމަށްފަހު ނޮޓޮރައިޒްކޮށް، ގޯއްޗާ ހަވާލުވުމަށާއި ގޯތި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފޮނުވާ ފަރާތާއި ޙަވާލުކުރަށްވަން ވާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ޢާންމުކުރި ބަޔާނުގައި ވަނީ ގޯއްޗާ ޙަވާލުވުމަށާއި ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، އަދި ބަދަލުގައި ސޮއި ކުރަން އަންނަ ފަރާތެއްނަމަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަރ އޮފް އެޓާނީގެ އަސްލާއި، އައި.ޑީ ކާޑުގެ ކޮޕީ ހިފައިގެން ދިއުމަށް އަންގާފައެވެ. އަދި  ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވަރ އޮފް އެޓާނީ މިއަދުން ފެށިގެން "ގެދޮރުވެރިން ޕޯޓަލް" އިން ފެންނަން ހުންނާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބިންބެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން  1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޭނެއެވެ. ޖުމްލަ 9001 ގޯތި ދިނުމަށް ވަނީ ނިންމާފައެވެ.

ގޯތީގެ ރަޖިސްޓްރީ މިނިސްޓްރީއަށް ދެވޭގޮތަށް އިއްޔެ ވަނީ ޤަވާއިދު އިސްލާހުކޮށްފައެވެ. އެ ޤަވާއިދުގައި ބުނާގޮތުން ނުހިއްކާ ތަނަކުންވެސް އަދި އިން ވަކިނުކުރާތަނަކުންވެސް ގޯތިދީ ރަޖިސްޓްރީ ދެވިދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *