ސަންގު ބަހުސްގެ ދައުވަތު ގަބޫލު ނުކުރަނީ ހަމައެކަނި ރައީސް ޞާލިހު!

ސަންގު ބަހުސްގެ ދައުވަތު ގަބޫލު ނުކުރަނީ ހަމައެކަނި ރައީސް ޞާލިހު!

ސަންގު ޓީވީން ބާއްވާ ރިޔާސީ ބަހުސްގައި ބައިވެރިވާނެ ކަމުގެ ދައުވަތު ރައީސް ޞާލިހު ފިޔަވައި އެހެން ހުރިހާ ކެންޑިޑޭޓުން ގަބޫލު ކުރައްވައިފިއެވެ.

ސަންގުގެ ރިޔާސީ ބަހުސްގައި ބައިވެރިވުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ސަންގުން ދައުވަތު ދިނެވެ. ރައީސް ސޯލިހް ފިޔަވައި އެހެން ބޭފުޅުން ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަން އެންގެވުމުން، ސަންގުން ވަނީ އަނެއްކާވެސް ރައީސް ސޯލިހަށް ދައުވަތު ދެއްވައި އިތުރު ސިޓީއެއް ރޭ ފޮނުއްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިހުގެ ފަރާތްޕުޅުން ލިބިފައިވާ ޖަވާބަކީ ވަގުތު ހުރި ގޮތުން އެއްވެސް ބަހުސްއެއްގައި ބައިވެރިވެގެން ނެތްކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ މީޑިއާއިން އިންތިޒާމު ކުރާ ބަހުސްގައިވެސް ބައިވެރި ނުވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ޕާޓީތަކުގެ ޓިކެޓްގައި ނިކުންނެވި ބޭފުޅުން:

1- ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
2- ޑރ. މުހައްމަދު މުޢިއްޒު / ޙުސެއިން މުހައްމަދު ލަޠީފް (ޕީއެންސީ)
3- ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
4- މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަޞީރު (އެމްއެންޕީ)
5- އިލްޔާސް ލަބީބް / ހުސެއިން ޢަމްރު (ދަ ޑިމޮކްރެޓްސް)

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން:

1- އަޙްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްޞައްތާރު ޔޫސުފް
2- އުމަރު ނަސީރު / މުހައްމަދު ސަލީމް
3- ޙަސަން ޒަމީލް / މަރިޔަމް ޢަލީމް

ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު މިއީ އެންމެ ވާދަވެރި އިންތިޚާބަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *