ގައުމީ ފިލްމު އެވޯޑުގެ ބެސްޓް އެކްޓަރުގެ އެވޯޑް އައްލު އަރުޖުން އަށް

ގައުމީ ފިލްމު އެވޯޑުގެ ބެސްޓް އެކްޓަރުގެ އެވޯޑް އައްލު އަރުޖުން އަށް

69 ވަނަ އަހަރީ ނެޝަނަލް ފިލްމް އެވޯޑްސް ބުރާސްފަތި ދުވަހުގެ ރޭ ނިއު ދިއްލީގައި އިއުލާނުކޮށްފައިވާއިރު، އެ ލިސްޓު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. މި އެވޯޑްތައް އިއުލާނު ކޮށްފައިވަނީ ޕްރެސް އިންފޮމޭޝަން ބިއުރޯގެ ފޭސްބުކް އަދި ޔޫޓިއުބް ޗެނަލްތަކުން ލައިވްސްޓްރީމް ކޮށްގެންނެވެ.

އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ "ޕުޝްޕާ" އިން އައްލޫ އަރްޖުން އަށެވެ. މި ފިލްމް އަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ފިލްމްއެކެވެ. މީގެ އިތުރުން ފިލްމް އަކީ ބޮޑު އާމްދަނީއެއް ހޯދި އަދި އައްލުގެ އެކްޓިންގް އަށް ގިނަ ބަޔަކު ތައުރީފް ކުރި ފިލްމްއެއް ވެސްމެއެވެ.

ފާހަގަ ކޮށްލެވޭ އިތުރު އެވޯޑް ތަކަށް ބަލާލައިއިރުގައި އާލިއާ ބަޓް އާއި ކްރިތީ ސެނަން އަށް އެންމެ މޮޅު ބަތަލާގެ އެވޯޑް ލިބިފައިވަނީ ގަންގޫބާއީ "ކަތިއާވާޅީ" އާއި "މިމީ" އިންނެވެ. މީގެ އިތުރުން އެވޯޑް ލިބުނު އިތުރު ކެޓަގަރީތަކަށް ބަލާއިރުގައި އާންމުންގެ މެދުގައި އެންމެ މަގުބޫލު ފިލްމު – ދަ ކަޝްމީރު ފައިލްސް އަދި އެންމެ މޮޅު ފިލްމު (އެންޓަޓެއިންމަންޓް ދާއިރާ) – އާރުއާރުއާރު ގެ އިތުރުން ސްޕިޝަލް ޖޫރީ އެވޯޑު – ޝޭރުޝާހް ވަނީ ހޯދައިފައިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި 23 ބަހަކުން އުފައްދާފައިވާ 158 ނޮން ފީޗާ ފިލްމާއި 23 ބަހަކުން އުފައްދާފައިވާ 280 ފިލްމު ވާދަކުރި އެވެ. އިންޑިއާގެ ގައުމީ އެވޯޑު މިފަހަރު ތަފާތު 70 އަށް ވުރެ ދާއިރާ އިން ވަނީ ދީފަ އެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އަދި ޝަރަފުވެރި ފިލްމު އެވޯޑް ހަފްލާގެ ގޮތުގައި ބެލެވޭ މި އެވޯޑް ހަފްލާ އަށް ކޮވިޑް-19 އާ ގުޅިގެން ދެ އަހަރު ވަންދެން ވަނީ ނުބޭއްވިފައިއެވެ. ޕެންޑެމިކް ގެޕަށް ފަހު މިދިޔަ އަހަރު އެވޯޑް ހަފްލާ ބާއްވައި 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ އަގު ވަޒަންކުރި އެވެ.

 

 

 

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *