އިންޑިއާގެ ގައުމީ ފިލްމު އެވޯޑު އާލިއާ އާއި ކްތިރީއަށް

އިންޑިއާގެ ގައުމީ ފިލްމު އެވޯޑު އާލިއާ އާއި ކްތިރީއަށް

އިންޑިއާގައި ދޭ ޝަރަފު ވެރި އެވޯޑްގެ ގޮތުގައި މަޝްހޫރު އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް އާއި ކްރިތީ ސެނޮން އަށް ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި ވާދަކޮށް ދެތަރިންނަށް އެވޯޑް ލިބިފައިވަނީ އެދެތަރިން ކުޅުނު އަދި ހުނަރު ދައްކައިލި ފިލްމްއިންނެވެ. އެގޮތުން އެންމެ މޮޅު އެކްޓްރެސް – އާލިއާ ބަޓް (ގަންގޫބާއި ކަތިއަވާޑި) އަދި ކްރިތީ ސެނޮން (މިމީ) އިން ދެއްކި އެކްޓަށް ލިބިފައިވާ އިރުގައި އިތުރު ކެޓަގަރީ ތަކުންވެސް އެވޯޑް ވަނީ ގިނަބަޔަކު ހާސިލު ކޮށްފައިއެވެ. އިންޑިއާގެ ގައުމީ އެވޯޑު މިފަހަރު ތަފާތު 70 އަށް ވުރެ ދާއިރާ އިން ވަނީ ދީފަ އެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިންޑިއާގެ 69 ވަނަ ގައުމީ ފިލްމު އެވޯޑުގައި 23 ބަހަކުން އުފައްދާފައިވާ 158 ނޮން ފީޗާ ފިލްމާއި 23 ބަހަކުން އުފައްދާފައިވާ 280 ފިލްމު ވާދަކުރި އެވެ.

އެވޯޑް ލިބުނު އިތުރު ކެޓަގަރީތަކަށް ބަލާއިރުގައި އާންމުންގެ މެދުގައި އެންމެ މަގުބޫލު ފިލްމު – ދަ ކަޝްމީރު ފައިލްސް އަދި އެންމެ މޮޅު ފިލްމު (އެންޓަޓެއިންމަންޓް ދާއިރާ) – އާރުއާރުއާރު ގެ އިތުރުން ސްޕިޝަލް ޖޫރީ އެވޯޑު – ޝޭރުޝާހް ވަނީ ހޯދައިފައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *