ޝަބާނާ އަޒްމީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަނީ

ޝަބާނާ އަޒްމީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރުކުރަނީ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝަބާނާ އަޒްމީގެ ނަމުގައި ސްކޭމް މެސެޖުތަކެއް ދައުރު ކުރަމުން ގެންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ޝަބާނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އޭނާގެ ނަމުގައި ސްކޭމް މެސެޖް ތަކެއް ފޮނުވަމުން އަންނަ ކަމަށާއި އޭނާގެ ގާތް މީހުންނަށް ވެސް އެ މެސްޖް ފޮނުވާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

މި މައްސަލައިފައި ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ރައިޓަރު ޖާވެދް އަހްތަރް ގެ އަންހެނުން ބުނީ މިހާރު އެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ނިންމައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ޝަބާނާގެ އެޖެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މެސެޖުތަކުގައި ބުނެފައި ވަނީ އެޕް ސްޓޯރުން އެޕެއް ޑައުންލޯޑްކުރަން ކަމަށެވެ. އެ އެޕަކީ "އޮންލައިން ފިޝިން" ނުވަތަ ފޯނުގައި ހުންނަ މީހުންގެ ޒާތީ މައުލޫމާތު ފޭރިގަންނަން ބޭނުންކުރާ އެޕެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި މި މެސެޖު އޭނާގެ ގާތް މީހުންގެ އިތުރުން އެކުގައި މަސައްކަތް ކުރާ މީހުންނަށްވެސް ފޮނުވަމުން އަންނަ ކަމަށް އޭނާގެ ބަޔާނުގައި ވަނީ ބުނެފައިއެވެ. ޝަބާނާ އެންމެ ފަހުން ފެނިގެން ދިއައީ މިއަހަރު ރިލީޒް ކުރި އަދި ބޮޑު ކާމިޔާބެއް ހޯދައިފައިވާ ކަރަން ޖޯހަރުގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *