ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން ބޮލީވުޑްއަށް ތައާރަފްވާ ފިލްމް ގެ ނަމަކީ "ސަރުޒަމީން" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް އެކްޓަރު ބޯމަން އިރާނީގެ ދަރިފުޅު ކަޔޯޒް އިރާނީ ޑައިރެކްޓު ކުރާ އެ ފިލްމަކީ އިންޑިއާގެ ޑިފެންސް ފޯސްއާ ގުޅޭ ގޮތުން އުފައްދާ ފިލްމެކެވެ. ފިލްމްގެ ލީޑުން އިބްރަހިމް ފެންނަ އިރުގައި ފިލްމްގެ މުހިންމު ރޯލަކުން ކާޖޮލް ވެސް ފެންނާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ކާޖޮލްގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލަކުން ދެކުނު އިންޑިއާ ސިނަމާގައި މަޝްހޫރު އެކްޓަރު ޕުރިތުވިރާޖު ސުކުމަރަން ވެސް ފެންނާނެ އެވެ. ނަމަވެސް، އެ ރޯލުތަކާ ގުޅޭ މާ ބޮޑު ތަފުސީލެއް އަދި ނުލިބެ އެވެ.
ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބަޔަކު ފޮލޯ ކުރާ އިބްރަހިމް އަކީ ސްޓާރަކަށްވުރެ ވަކި މަގުބޫލުކަން ކުޑަ ސްޓާ ކިޑްއެއެއް ނޫނެވެ. އިބްރާހިމް ނިސްބަތް ވަނީ ވެސް ނުފޫޒު ގަދަ ފިލްމީ އާއިލާ އަކަށެވެ.
އެގޮތުން އޭނާގެ ބައްޕަ އަކީ ސައިފް އަލީ ހާންއެވެ. މަންމަ އަކީ ކުރީގެ ބަތަލާ އަމްރިތާ ސިންގްއެވެ. މީގެ އިތުރުން ދޮން މަންމަ އަކީ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރުއެވެ.
އިބްރާހިމް ބޮލީވުޑްއަށް ނުކުރުމުގެ ތައްޔާރީތަށް ވަމުން އަންނަ އިރުގައި އޭނާގެ ދޮށީ ދައްތަ ސާރާ އަލީ ހާންވެސް ވަނީ ބޮލީވުޑްއަށް ނިކުމެފައިއެވެ. އޭނާ ގެ ފުރަތަމަ ފިލްމް އަކީ 2018 ވަނަ އހަރު ގެ ފިލްމް "ކޭދާރްނާތް" އެވެ. މިހާރު ސާރާ އަކީ އަރަމުން އަންނަ ޒުވާން ބަތަލާއެކެވެ.