ދިޝާގެ ބޭބީ ޝަވާ ޕާޓީ ބާއްވައިފި

ދިޝާގެ ބޭބީ ޝަވާ ޕާޓީ ބާއްވައިފި

Author
ފާތިމަތު ނާވީ
26 އޮގަސްޓް 2023 10:21
0

ޓިވީ ބަތަލާ ދިޝާ ޕަރްމަރް އާއި ރާހުލް ވައިދްޔާ އެމީހުން ނަށް އަލަތު ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރީ މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ.

ކަޅު ކުލައިގެ ހެދުންއަޅައިގެން ޓްވިނިންގައި ނަގާފައިވާ ހިތްގައިމު ފޮޓޯޝޫޓެއްގެ ފޮޓޯތައް އަޕްލޯޑްކޮށް، ފުރަތަމަ ދަރިއަކު ލިބެން އުޅޭކަން އިއުލާނު ކުރުމާއި އެކުގައި ސަޕޯޓަރުން ވަނީ  ލޯތްބާއި ތަހުނިޔާގެ މެސެޖުތަކާއި ހެޔޮއެދުންތައް އޮއްސައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ދަރިއަކު ލިބެން ވަރަށް ކައިރިވެފައި އިން ދިޝާ  މިވަނީ ދާދި ފަހުން އެ މީހުން ވަނީ ބޭބީ ޝަވާ ބާއްވައިފަ އެވެ. އުފާފާޅުކުރުމުގެ ފޮޓޯތަކާއި ވީޑިއޯތައް އެމީހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިއެވެ.

މި ފޮޓޯ ތަކުން އަލަތު ދަރިފުޅު ލިބެން އުޅޭ ދިޝާގެ މޫނުން ފެނެގެން ދަނީ ވަރަށް ވެސް އުފާވެރި ހިނިތުން ވުމެވެ. އަދި އޭނާ ހުރީ ދަރިފުޅު އުރާލަން ލިބޭނެ ވަގުތު ކޮޅެއްގެ އިންތިޒާރުގައި ކަމަށް ވެއެވެ.

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ދިޝާ މީގެ ދެދުވަހެއް ކުރިން ވަނީ އޭނާ ގެ ބޭބީ ބަމްޕް ފެންނަ ފޮޓޯއެއްވެސް ސަޕޯޓަރުންނާއި ހިއްސާކޮށްފައިއެވެ. މޭ މަހުގައި ބަނޑުބޮޑުކަން އިއުލާން ކުރި ބަތަލާ ހިއްސާ ކުރި ފޮޓޯ ގައި ފެނިގެން ދަނީ ހުދާއި ކަލު ކުލައިންނެވެ. އަދި ވަރަށް ރީތިކޮން އޭނާގެ ބޮޑު ބަނޑު ވެސް އެ ފޮޓޯގައި ފެނިގެން ދެއެވެ.

ސޯޝަލް މީޑިއާގައި އެކްޓިވް ކޮށް އުޅޭ ދިޝާ މާބަނޑު ދުވަސްވަރުގެ ދަތުރުގެ މަންޒަރުތައް އޭނާގެ ފޭނުންނާއި ފޮލޯވަރުންނާ ހިއްސާކުރެ އެވެ. މި ފޮޓޯ ދޫކޮށްލުމާއި އެކުގައި މަރުހަބާގެ މެސެޖުތަށް ވަނީ އެނާގެ ކޮމެންޓް ސެކްޝަން ފުރައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ދިޝާ އެންމެ ފަހުން ފެނިގެން ދިއައީ ނަކޫލް މެހެތާއާ އެކު "ބަޑޭ އަޗޭ ލަގްތޭ ހޭ 3″ އިންނެވެ.  "ބަޑޭ އައްޗޭ ލަގްތޭ ހޭ 3″ 25 މެއި 2023 ގައި ޕްރިމިއާކޮށްފައި ވާއިރުގައި އޮފް އެއާ ކުރަން ފެށީ އޮގަސްޓް 11، 2023 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.