ޔޫވްރާޖް އާއި ހޭޒަލް އަށް ލިބުނީ އަންހެން ކުއްޖެއް

ޔޫވްރާޖް އާއި ހޭޒަލް އަށް ލިބުނީ އަންހެން ކުއްޖެއް

Author
ފާތިމަތު ނާވީ
26 އޮގަސްޓް 2023 09:25
0

އިންޑިއާ ޓީމުގެ ކުރީގެ ކުރިކެޓް ކުޅުން ތެރިޔާ ޔޫވްރާޖް ސިންގް އާއި ކުރީގެ ބަތަލާ ހޭޒަލް ކީޗް، ދެވަނަ ފަހަރަށް މައިންބަފައިންނަށް ވެއްޖެއެވެ.

ހޭޒަލް އަށް އަލަތު ދަރިފުޅު ލިބިފައިވަނީ 2022 ވަނަ އަހަރުގައިއެވެ. އޭނާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ނަމަކީ އޮރިއޯންއެވެ. ދެވަނަ ދަރިއަކަށް ބަލިވެ އިންކަން ހޭޒަލް އިއުލާން ކޮށްފައިއެއް ނުވެއެވެ.

ނަމަވެސް އެމީހުންނަށް ދެވަނަ ދަރިއަކު ލިބިއްޖެ ކަމާއި ލިބިފައިވަނީ އަންހެން ކުއްޖެއް ކަމަށް ޔޫވްރާޖް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ. ހުކުރު ދުވަހު ހޭޒަލް ވިފައިވާ އިރުގައި އެކުއްޖާ ގެ ނަމަކީ އައުރާއެވެ.

 

View this post on Instagram

 

A post shared by Yuvraj Singh (@yuvisofficial)

 

ބައެއް ފިލްމް ތަކުން ސަޕޯޓިންގ ރޯލުތަކުން ފެނިގެން ގޮސްފައިވާ ހޭޒަލް އާއި ޔުވްރާޖް ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން ދުވަސްތަކަކު އުޅުމަށް ފަހު 2016 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.