އިނދިކޮޅު ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުއަށާއި، ރަނިންމޭޓް ސެމްބެއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތާއީދު ދަނީ އޮހެމުން ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެއް ބުރުން ކަމުގައި، ޑރ. މުއިއްޒުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ޑރ. މުއިއްޒު އެއް ބުރުން ކާމިޔާބު ކުރާނޭކަމުގެ ހުރިހާ ނިޝާންތަކެއްވެސް ފެންނަމުން ދާކަމުގައެވެ. އަދި އޭނާ ވިދާޅުވީ މި "ނާގާބިލް، ލަސް އަދި ޚިޔާނާތްތެރި" ސަރުކާރު ބަދަލުކޮށް، ރާއްޖެއަށް ހެޔޮ ބަދަލު ޑރ. މުއިއްޒު ގެނެސްދެއްވާނެ ކަމުގައެވެ.
Just 14 days to the Election
We are seeing overwhelming support across the Maldives
All indications are showing that Dr @MMuizzu & @HucenSembe will win the election in one round
Insha Allah, we will change Maldives for the better and bring down this slow, inefficient and… pic.twitter.com/ZoLWIQBklV
— Mohamed Ameen (@ameen3d) August 25, 2023
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ކުމްޕޭން ފޯރިއާއެކު ކުރިޔަށް ދާއިރު، އަދި އިނދިކޮޅު ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދު އޮހެމުންދާކަމަށް އިނދިކޮޅު ކެމްޕޭން މެނޭޖަރު އަމީން ވިދާޅުވެފައިވާއިރު، ޑރ. މުއިއްޒު ގެންދަވަނީ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރު ކުރައްވަމުންނެވެ.
މިގޮތުން ފާއިތުވި ހަފްތާގައި މުއިއްޒު އުތުރުގެ އަތޮޅުތަކަށް ދަތުރު ކުރައްވާފައިވާއިރު، މާދަމާ ހުވަދޫ އަތޮޅަށް ފުރުއްވުމަށް ވަނީ ހަމަޖެހިފައެވެ.
2023ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ވާދަވެރިކަމާއިއެކު މުޅި ރާއްޖޭގައި ކެމްޕޭން ކުރާތަން ފެންނަނީ ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ދެޕާޓީ އެމްޑީޕީއާއި، ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްޑީއޭއިންނެވެ. ދެން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކެމްޕޭން ހަރަކާތްތައް ފެންނަނީ ތަންކޮޅެއް މަދުންނެވެ. އިންތިޚާބުގެ ކެމްޕޭން މިހާތަނަށް އައިއިރު ސަޕޯޓް ބޮޑު ދެޕާޓީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑު ވެފައެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، ޑރ. މުއިއްޒު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ރިޔާސީ ރޭހުން އެންމެ ފަހުވަގުތު ވާދަކުރެއްވުމުގެ ފުސަތު ލިބި ކެމްޕޭން ކުރުމަށް ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަވެސް ޑރ.މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެންނެވުންކަމަށް އޭނާގެ ކެމްޕޭނުން ހާމަކޮށްފައި ވެއެވެ. ކެމްޕޭނަށް ނިކުންނަވާ މުއިއްޒު ފުރަތަމަވެސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައި ނުގެންނެވުނު ނަމަވެސް ކޮންމެ ރަށަކަށް ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން ވަޑައިގެން ހުރި މައްސަލަތައް އޮޅުން ފިލުގައި މައްސަލަތަކަށް ހައްލު ގެނެސްދޭނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ