މިސަރުކާރުގައި ތިބީ ހުސް ވަގުން، އަޅުގަނޑުމެންގެ ލީޑަރޝިޕަކީ ސާފުބައެއް: ސަލީމް

މިސަރުކާރުގައި ތިބީ ހުސް ވަގުން، އަޅުގަނޑުމެންގެ ލީޑަރޝިޕަކީ ސާފުބައެއް: ސަލީމް

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 10:38
0

މިސަރުކާރުގައި ތިބީ ހުސް ވަގުން ކަމަށާއި، އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގައި ތިއްބެވީ ސާފު ބޭފުޅުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަ ފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި މިރޭ ނ.ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސަލީމް ވިދާޅުވީ މިސަރުކާރުން ކުރީގެ ރައީސް ޔާމީނާއި، އަދި މިހާރުގެ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ވަގު ބަދުނާމު އަޅުވަމުންދާއިރު މިސަރުކާރުން ވައްކަން ކުރި ވަރާއި ގާތަށްވެސް ވައްކަމާއި ފަސާދައިގެން ކަންކަން ކުރި އެއްވެސް ސަރުކާރެއް ދިވެހި ތާރީހުވެސް ނުދެކޭ ކަމަށެވެ.

އަޅުގަނޑުމެންގެ ތެރޭގައި ވަގަކު ނުހުންނާނެ. އެމްޑީޕީގެ ސަރުކާރުގައި ވަގުން ތިބީ. މުޅި ސަރުކާރުގައި ތިބީ ވަގުން. ރައީސް ޔާމީނަކީވެސް އަދި އަޅުގަނޑުމެންގެ މުޅި ލީޑަރޝިޕަކީވެސް ސާފު ހުދު ފޮތިކޮޅެއްހާ ސާފު ބައެއް.

– ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ މިސަރުކާރުން ކުރަމުންދާ ވައްކަން ހުއްޓުވުމަށް ދިވެހި ރައްޔިތުންނަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމާށެވެ. މިސަރުކާރުގެ ތެރޭގައި ހިންގަމުންދާ އެތައް ޖަރީމަތަކާއި ވައްކަމުގެ އެތައް ކަމަކީ ގުޅިގެން ހިންގާ ބޮޑު ޖަރިމާތަކަކަށް ވާއިރު އެކަންކަން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުން ދެނީ އެކަންކަމަށް ހިތްވަރު ކަމަށް ސަލީމް ވިދާޅުވިއެވެ.

ޑރ.މުއިއްޒުގެ ސަރުކާރެއްގައި ރާއްޖޭގައި އަދުލު އިންސާފު ގާއިމްކޮށް ވައްކަމާއި ފާސާދައިގެން އެންމެހާ ކަންކަން ނިމިމަކަށް ގެނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޙ ޙާލި
ތީ ވެސް ދިވެހި ދައުލަތައް ހިޔާނާތްތެރިވި އެންމެބޮޑު މުގޫ
އ އަލިހޮއްކޮ
ވަރަށް ސާފު ބަޔެއް! ޔާމީނު ވެރިކަމުގައި ހުޅުމާލެއިން ތިންބިން ދަމައިގަތް! މިހާރު ތިޔަ އުޅެނީ ފޭސް 2 އަކުން×ބިމެއް ދަމައިނުގަނެވިގެން! ތިތަ ބައިމީހުންގެ ތެރޭގައި ސަރީއަތުން ސާބިތުވެގެން ހުކުންކުރި ޓިނުން ފެށިގެން 8 އެކައުންޓްގައި 200 މިލިޔަން ރުފިޔާ މީހުން އެބަތިބި!
ބ ބޭބެ
މަޖާ ގޮލައެއް ދޯ އެޓޯލްސް ގައިހުރިއިރު ކުދިދިދަ 5ރުފިޔާއަށް ގަނެ 1000ރ އަށް ދިދައެއްކަމަށް ބިލްހަދައިގެ މުއްސަދިވެ ވިޔަފާރިފެށި ބޮޑުވަގު މިކިޔަނީ އަޅެފަހެ ކީކޭ?
ގ ގުދޮ ގުދޯ
ހޭހޭ ކަލޭވެސް ތީ އޭގެ މީހެއް.