އެކްޓަރު ސައިފް އަކީ ވަރަށް މޮޅަށް ކައްކަން އެގޭ މީހެއް ކަމަށް ބުނެ އަންހެނުން އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ.
ނިއު ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އޭނާ ވަނީ އޭނާގެ އާއިލާއާއި ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ގިން ވާހަކަ ތަކެއް ދައްކާފައި އެވެ. އެގޮތުން ކަރީނާ ބުނީ ސައިފް ހުރިހާ ވައްތަރެއްގެ ކެއުންތަށްވެސް ތައްޔާރު ކުރާކަމަށެވެ.
ސައިފް އަކީ މޮޅު ކެއްކުން ތެރިއެއް ކަމަށާއި އޭނާ އާންމުކޮން ކަންކަނީ އިންޓަނެޓުން ރެސިޕީތައް ބަލައިގެން ކަމަށެވެ. އަދި ބޭރަށް ގޮސް ރެސްޓޯރެންޓް ތަކުން ކެއުމުގެ ބަދަލުގައި އޭނާ އަށް ރަނގަޅީ ގޭގައި ކެއްކުން ކަމށް ވެސް ބުނެފައިވެއެވެ.
"ސައިފްއަކީ ވަރަށް މޮޅު ކައްކާއެއް. އޭނާ ހުރިހާ ކުއިޒިންއެއްގެ ކެއުންތައް ވެސް ތައްޔާރު ކުރާނެ. އޭނާ އަކީ ވަރަށް މޮޅު މީހެއް."
މީގެ އިތުރުން ކަރީނާ ބުނީ ދެމީހުންވެސް މަސައްކަތް ކުރަނީ ދަރިންނާއި އެކުގައި ވީހާވެސް ގިނަ ވަގުތެއް ހޭދަކުރަން ކަމަށެވެ. އަދި މަސައްކަތުގައި އުޅެމުން ގޭގެ ކަންކަން ކުރެވެނީ ވަރަށް މުރާލީ ވީމާ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.
އަދި ހާއްސަކޮން ހަފްތާ ބަންދަކީ ދެމީހުންވެސް އާއިލާ އާއ އެކުގައި ހޭދަކުރާ ދުވަހަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. މީގެ އިތުރުން ޗުއްޓިގައި ކުދިން ގޮވައިގެން އަބަދުވެސް ކޮންމެވެސް ތަނަކަށް ދަރުތު ކުރެވޭތޯ ބާލާ ކަމަށްވެސް ކަރީނާ ވަނީ ބުނެފައިއެވެ.
ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރުގައިއެވެ. މިއީ 42 އަހަރުގެ ބަތަލާގެ އަލަތު ކައިވެންޏެވެ. އަދި މި ކައިވެނިން އެމީހުންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައިއެވެ. 53 އަހަރުގެ އެކްޓަރު މީގެ ކުރިންވެސް ވަނީ ކައިވެންޏެއް ކޮށްފައިއެވެ. އެއީ ކުރީގެ ބަތަލާ އަމްރިތާ ސިންގާއާއިއެވެ. 1991 ވަނަ އަހަރު ކުރި އެކައިވެނި 2004 ވަނަ އަހަރު ރޫޅުނު އިރުގައި އެކައިވެނިން އެމީހުންނަށް ވަނި ދެ ކުދިން ލިބިފައިއެވެ. އެއީ މިހާރު ފިޔަޖަހަމުން އަންނަ ބަތަލާ ސާރާ އަލީ ހާންއާއި ބޮލީވުޑްއަށް ތައާރަފް ވުމަށް ތައްޔާރު ވަމުން އަންނަ އިބްރަހިމް އަލީ ހާންއެވެ.