ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވެގެން ދިއަ ޕާކިސްތާން ޑްރާމެއް ކަމުގައިވާ "ހަމްސަފަރު" ގެ ދެ ތަރިން ހިމަނައިގެން ނެޓްފްލިކްސް ސީރީޒެއް ގެނެސްދޭން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ހަމަސަފަރު" އަކީ 2011 އިން 2012 އަށް ގެނެސްދިން ޕާކިސްތާންގެ ވަރަށް މަޝްހޫރު ޑްރާމާއެކެވެ. އެޑްރާމާގެ ޖާދޫގައި މުޅި ދުނިޔެ ޖެއްސި ޑްރާާމާ އާއި އެކުގައި އެޑްރާމާގެ ލީޑުން ފެނިގެންދިއަ ތަރިންގެ މަޝްހޫރު ކަންވެސް އެތަށް ގުނައެއް ވެގެން ދިއެވެ.
އެގޮތުން ލީޑުން ފެނިގެންދިއަ މާހިރާ ހާން އާއި ފަވާދް ހާން އަކީ މިހާރު ޕާކިސްތާން ފިލްމް އިންޑަސްޓްރީގެ އެންމެ ނަން ހިންގާ ދެރިންނެވެ. މި ދެތަރިންގެ މަޝްހޫރު ކަމާއި އެކުގައި ވަނީ ބޮލީވުޑްގެ ފިލްްމްތަށް ވެސް ކުޅެފައިއެވެ.
މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮރިޖިނަލް ސީރީޒް އަކީ "ހަމްސަަފަރު" ގެ ލިޔުންތެރިޔާ ފަރުހަތު އިޝްތިއާގުގެ 2023 ގެ "ޖޯ ބަޗޭ ހޭ ސަންގު ސަމައިތު ލޯ" އެވެ.
"ޖޯ ބަޗޭ ހޭ ސަންގު ސަމައިތު ލޯ" ގެ ކާސްޓްގައި ފަވާދާ އެކީ މަޝްހޫރު ސިލްސިލާ "ޒިންދަގޫ ގުލްޒާރު ހޭ ކުޅުނު" ސަނަމް ސައީދުގެ އިިތުރުން އަހާދު ރާޒާ މީރު، ހަމްޒާ އަލީ އައްބާސީ، ބިލާލު އަޝްރަފު، މާޔާ އަލީ، އިގްރާ އަޒީޒު، ހާނިއާ އާމިރު، ނާދިއާ ޖަމީލު، ކުޝާލް ޚާން އަދި އުމައިރު ރާނާ ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ