"ޑޮން" ގައި ކިއާރާ އެއް ނޫން ކްރިތީ

"ޑޮން" ގައި ކިއާރާ އެއް ނޫން ކްރިތީ

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2023 09:07
0

މަޝްހޫރު އެކްޓަރު ރަންވީރު ސިންގް "ޑޮން" ގެ ގޮތުގައި ފެނިގެންދާ ފިލްމްގެ ބަތަލާ އަކީ ކިއާރާ އަދުވާނީ ނޫން ކަމަށާއި ކްރިތީ ސެނޮން ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

މިހާރު ޑޮންގެ ގޮތުގައި ރަންވީރު ދައްކަިއލައިފައިވާ ފިލްމްގެ ލީޑުން ފެނިގެންދާނެ ތަރިއަކީ ކާކުކަމާއި މެދުގައި އޮތީ ސުވާލު މާކެއްގެ ތެރޭގައިއެވެ. ގިން ނަންތަކެއް އެގެ ލީޑުން ފެނިގެން ގޮސްދާނެ ކަމަށް ބުނެ މީޑިއާއިން އަނަންނީ ތިލަ ކުރަމުންނެވެ.

ނަމަވެސް މި ވާހަކަތަށް ރަސްމީ ފަރާތަކުން މިހާރަށް އަދި އެއްވެސް ވާހަކައެއް ހިއްސާކޮށްފައިއެއް ނުވެއެވެ. ނަމަވެސް ޑޮންގެ ގޮތުގައި ރަންވީރު ފެނިގެންދާ ގޮތުގައި ވީޑިއޯ އެއް ހިއްސާކޮށް ރަންވީރަކީ ޑޮން ކަން މިހާރު ވަނީ ކަށަވަރު ކޮށްދީފައިއެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

މި މަހުގެ 9 ގައި "ޑޮން 3″ އިއުލާންކުރުމާ އެކީ ފިލްމުގެ ބަތަލާ އަކީ ކިއާރާ ކަމަށް ވަރަށް ގިނަ މީޑިއާތަކުން ރިޕޯޓްކުރި އެވެ. އެ ވާހަކަ އެހާ ބޮޑަށް ދެކެވުނީ ފިލްމު އިއުލާންކުރި ދުވަހު ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އޮފީހަށް ކިއާރާ ވެސް ގޮސް އުޅެނިކޮށް ފެނުމާ ގުޅިގެންނެވެ.

ނަމަވެސް އޭގެ ދެ ދުވަސް ފަހުން ބީބީސީ އޭޝިއާ ނެޓްވޯކަށް ދިން އިންޓަވިއުއެއްގައި ޑައިރެކްޓަރު ފަރުހާން އަޚްތަރު ވަނީ "ޑޮން 3″ އަށް އަދި ބަތަލާ އަކު ފައިނަލް ނުކުރާނެ ކަމަށް ބުނެފަ އެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

އެފިލްމްގެ ޑައިރެކްޓަރު ފަރަހާން އަހްތަރު ބުނެފައިވަނީ "ޑޮން" އަކީ ރަންވީރު ސިންގ ކަމަށް ނިންމީ އެ ކެރެކްޓާ އޭނާ އަށް ވުރެ ވަކި މޮޅަށް ކުޅެވޭނެ ތަރިއެއް ނެތީމައިއެވެ. އަދި ރަންވީރަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އެ ރޯލަށް އޭނާ ފިޓްވާ ކަމަށް ބުނެ ރަންވީރަށް ފަރްހާން ވަނީ ވަރަށް ތައުރީފް ކޮށްފައިއެވެ.

މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ޝާހްރުކް ޚާނެވެ. އަދި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2″ ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

 

View this post on Instagram

 

A post shared by Kriti (@kritisanon)

ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ފަރުހާން އަޚްތަރު "ޑޮން 3″ އެކީ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އިރު، މީ  މީގެ ކުރިން ގެނެސްދިން "ޑޮން" ގެ ފިލްމް ތަކަށްވުރެ ކޮލެޓީ ރަނގަޅު އެއްޗަކަށް ހެދޭތޯ އޭނާ މަސައްކަތް ކުރާނެއެވެ.

"ޑޮން 3″ ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.