ނަމާދަށް ދިއުން އޮންނަނީ ކުރަންތިބޭ ކަމެއް ކޮށް ނިންމާލާފަ: މަޖިލިސް ރައީސް

ނަމާދަށް ދިއުން އޮންނަނީ ކުރަންތިބޭ ކަމެއް ކޮށް ނިންމާލާފަ: މަޖިލިސް ރައީސް

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 07:06
0

މަޢުރިބް ނަމާދު ވަގުތަށް މަޖިލިސް ޖަލްސާ މެދުކަނޑާ ނުލައި ކުރިއަށް ގެންދިއުމުން، އެކަމުގައި ސުވާލު އުފެއްދެވި މެމްބަރުންނަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ޖަވާބު ދާރީވެ ވަޑައިގެންފިއެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާ މަޢުރިބް ނަމާދު ބަންގިއަށްވެސް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމާއި، ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ނަމާދު ވަގުތު މަޖިލިސް ޖަލްސާ ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ބަންގި ގޮވަމުން ދަނިކޮށް ސައީދުވަނީ ނަމާދު ވަގުތަށް ވާހަކަ ދެއްކުން ހުއްޓާލުމަށް ދަންނަވާފައެވެ. ހަސަން ވަނީ ސައީދުގެ މިވާހަތަކަށް ރައްދު ދެއްވައި ނަމާދު ކުރުމަކީ ފަރުޞެއްކަން ސައީދު ހަދާން ކޮށްދެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.

ސައީދާއި، ހަސަންގެ މިވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ނަމާދަށް ދިއުން އޮންނަނީ އެކުރަން ތިބޭ ކަމެއް އަވަހަށް ކޮށް ނިންމާލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.

މާވަށު ދާއިރާގެ އިއްޒަތްތެރި މެމްބަރަށް ދަންނަވާލަން ބޭނުން ނަމާދުގައި އޮންނަ ގޮތަކީ، އެކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމަދަށް ދިއުން. އެގޮތަށް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެގިފަ އޮންނަ އެއްޗަކީ، ދެން މަޖިލިސް ސަފުކޮށް މިމަސައްކަތް ޒަމާނުއްސުރެއް ފެށިގެން ކުރަމުން ގެންދާ މަޖިލީހެއް.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާ މެދު ކަނޑާލާފައިވަނީ، މައުރިބު ނަމާދުގެ ބަންގި ގޮވިތާ ގިނަ އިރުތަކެއްނުވެ ގިނަ މެމްބަރުން ތަޅުން ދޫކޮށް ދިއުމާއި ގުޅިގެންނެވެ. މަޖިލީހުގެ ޖަލްސާ އާންމުކޮށް ބާއްވާ ގަޑިއަކީ ހެނދުނު 9 ޖަހާއިރެވެ. މީގެ ކުރިން މަޖިލީހުގެ މިދައުރުގައިވަނީ ދެނަމާދު ދޭތެރޭގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާއަކީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ބޭއްވި ޖަލްސާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.