ހުނަރުވެރި އެކްޓަރު ޕަންކަޖް ތުރިޕާޓީގެ ބައްޕަ ޕަންޑިތު ބަނާރަސް ތިވާރީ މަރުވެއްޖެ އެވެ. މަރުވި އިރުގައި އޭނާގެ އުމުރަކީ 98 އަހަރެވެ.
ބައްޕަގެ މަރުގެ ހަބަރު ލިބުން އިރުގައި ޕަންކަޖް ހުރީ ފިލްމްގެ ޝޫޓިންގ އެއް ގައިއެވެ. އެހަބަރު ލިބުމާއި އެކުގައ އުއްތަރަކާންދުގައި ޝޫޓިންގައި ހުރި ޕަންކަޖް ވަނީ ބިހާރުގެ ބެލްސަންޑްގައި ހުންނަ އޭނާގެ އަވަށަށް ފުރައިފަ އެވެ. އެ އަވަށުގައި އޭނާގެ ބައްޕަ އާއި މަންމަ ދިރިއުޅެމުން ދާއިރު ޕަންކަޖް ދިރިއުޅެމުން އަންނަނީ އޭނާގެ އަންހެނުންނާއި އަންހެން ދަރިފުޅާއެކު މުމްބާއީގަ އެވެ.
އާއިލާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ ޕަންކަޖް ތުރިޕަތީގެ ބައްޕަ ޕަންޑިތު ބަނާރަސް ތިވާރީ މިހާރު ނެތްކަން ޔަގީންކޮށްދިނުމަކީ ބުރަ ހިތަކާ އެކު ކުރާ ކަމެއް ކަމަށެވެ. އޭނާ ދިރިއުޅުނީ 89 އަހަރުގެ ފުރިހަމަ ދިރިއުޅުމެކެވެ. އޭނާގެ ޖަނާޒާ މިއަދު އޮންނާނީ ގާތް އާއިލާގެ މެދުގައެވެ.
मेरे मित्र और सह कलाकार @TripathiiPankaj के पिताजी के देहांत के समाचार से बहुत दुःख हुआ। माँ बाप की कमी कोई पूरी नहीं कर सकता। प्रभु उनके पिताजी की आत्मा को अपने चरणों में जगह दें।ॐ शांति 🙏
— Akshay Kumar (@akshaykumar) August 21, 2023
މިހަބަރާއި އެކުގައި ބޮލީވުޑްގެ ތަރިން ވެސް ދަނީ ޕަންކަޖް ގެ ބައްޕަ އަށް ތައުރިޔާ ކިޔަމުންނެވެ. ޕަންކަޖް އެންމެ ފަހުން ރިލީޒްކުރި ފިލްމަކީ އަކްޝޭ ކުމާރާއި ޔާމީ ގޯތަމްއާއެކު ފެނިގެންދިއަ "އޯއެމްޖީ 2″ އެވެ. އަދި ބޮކްސް އޮފީހުގައި ވެސް އެ ފިލްމް އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.