"ދޯނޯ" އޮކްޓޯބަރު 5 ގައި

"ދޯނޯ" އޮކްޓޯބަރު 5 ގައި

Author
ފާތިމަތު ނާވީ
22 އޮގަސްޓް 2023 05:34
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ގެ ހަދު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްވާ ފިލްމް "ދޯނޯ" މި އަހަރުގެ އޮކްޓޯބަރު 5 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

ރާޖްވީރު ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާގެ ބޭބެ އަދި ސަނީ ގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވަނީ "ޕަލްޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމް އަކުން 2019 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވެފައިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. ރާޖްވީރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމްގެ ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން، 27، އެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

މިދިޔަ މަހުގެ ތެރޭގައި ޓީޒާއެއް ވެސް ދައްކައިލި "ދޯނޯ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް އަވްނީޝް ބަރްޖަތިއާ ހަދާފައިވާ ފިލްމެކެވެ. އޭނަ އަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "ހަމް ސާތު ސާތު ހޭ" ފަދަ މަގުބޫލު އާއިލީ ލޯބީގެ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.