ޕަރިނީތީގެ ކައިވެނި އަންނަ މަހުގެ 25 ގައި

ޕަރިނީތީގެ ކައިވެނި އަންނަ މަހުގެ 25 ގައި

Author
ފާތިމަތު ނާވީ
22 އޮގަސްޓް 2023 12:55
0

މި އަހަރުގެ މެއި މަހު ގެ ތެރޭގައި ލޯބިވެރިޔާ ރާގަވް ޗައްޑާއާ އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަންނަ މަހުގެ 25 ގައި ކައިވެނިކުރަން ނިންމައިފި އެވެ.

ބޮލީވުޑްގެ ތަރި، ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ، އިންޑިއާގެ އާމް އާދުމީ ޕާޓީ (އޭއޭޕީ)ގެ ލީޑަރެއް ކަމަށްވާ ރަގަވް ޗާއްޑާ އަންނަ ސެޕްޓެމްބަރު މަހުގައި ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ކުލަގަދަކޮން ކަމަށް ރިޕޯޓްތަށް ބުނެއެވެ.

 

View this post on Instagram

 

A post shared by @parineetichopra

ކުރިން މީޑިއާއިން ބުނި ގޮތުގައި މިދެމީހުންގެ ކައިވެނި އޮންނާނީ އޮކްޓޯބަރު މަހުގައިއެވެ. ނަމަވެސް މީޑިއާތަކުން ބުނީ ކައިވެނީގެ ހަފުލާ ބާއްވާނީ ރާޖަސްތާންގެ ގަނޑުވަރެއްގައި ކަމަށެވެ. ޕަރިތީނީއާ ދެބޭންގެ ދެދަރި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާ ވެސް 2018 ގައި ބޭއްވީ ރާޖަސްތާންގެ ގަނޑުވަރެއްގަ އެވެ.

އެ މީހުންގެ ކައިވެނީގެ ސަންގީތު އާއި މެހެންދީގެ ހަފުލާ ވެސް އޮންނަނީ އަންނަ މަހުގެ 23،24 ގައި ރާޖިސްތާނުގަ އެވެ. ކައިވެންޏަށް ފަހު، ގުރުގާމްގައި އެ މީހުންގެ އާއިލާ އާއި ރައްޓެހިންނަށް ކައިވެނި ޕާޓީއެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

 

View this post on Instagram

 

A post shared by @parineetichopra

 

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.