ކެންސަރު ބަލީގަިއ ފަރުވާ ހޯދަމުން ދިޔަ ފުލުހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އިންސްޕެކްޓަ އޮފް ޕޮލިސް އަހްމަދު މޫސާ، 49، އެވެ.
އަހްމަދު ނިޔާވުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ވަނީ ތައުޒިޔާ ކިޔާފައެވެ. އަހްމަދު ނިޔާވީ ކެންސަރު ބަލީފައި ފަރުވާ ދެމުން ދަނޮކޮށް އިންޑިއާގައެވެ. ފުލުހުން ވަނީ އަހުމަދުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިނިްވަރު ކޮށްދެއްވުމަށް ދުއާ ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށްފައެވެ.
ފުލުހުންގެ އިސްޕެކްޓަރަކު މިއަދު ނިޔާވިއިރު، ސިފައިންގެ ހިދުމަތުގައި 26 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ސާޖަންޓް މުހައްމަދު އަހްމަދު ދީދީ އުމުރުން 45 އަހަރުގައި ކުއްލި ގޮތަކަށް ހުކުރު ދުވަހު ވަނީ ނިޔާވެފައެވެ.
It is with heavy hearts that we learn of the passing of our colleague, Inspector of Police Ahmed Moosa (1324). May Almighty Allah bestow His mercy upon him, forgive his sins, and grant him Jannatul Firdaus. pic.twitter.com/iBQfu2iplx
— Maldives Police (@PoliceMv) August 21, 2023
ޚަބަރު އޮންލައިގެން ފަރާތުންވެސް މިދެބޭފުޅުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.