ދެވަނަ ބުރެއްގައިވެސް ރައީސް ޞާލިހަށް ތާއީދެއް ނުކުރާނަން: ނަޝީދު

ދެވަނަ ބުރެއްގައިވެސް ރައީސް ޞާލިހަށް ތާއީދެއް ނުކުރާނަން: ނަޝީދު

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 04:24
0

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައިވެސް އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ނުދާނެކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ނ.ވެލިދޫއަށް ވަޑައިގެން އެރަށުގެ ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ދާނީ ތިންވަނަ އަށް ކަމަށެވެ. ރައީސް ޞާލިހު ގެންދަވަނީ ޑިމޮކްރެޓްސްގެ އިސްވެރިންނާއި ވާހަކަ ދެއްކެވުމަށް އެކިގޮތުން މަސައްކަތް ކުރައްވަމުން ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާނެކަަމަށެވެ.

ނަޝީދު ވިދާޅުވީ ރިިޔާސީ އިންތިޚާބު ދެވަނަ ބުރަކަށްދާ ހާލަތުގައި ރައީސް ޞާލިހު ދެވަނާގައި ވާދަ ކުރައްވިނަމަ، ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެކަމަށެވެ. ނަމަވެސް ޔަގީންކަމާއިއެކު ނަޝީދު ވިދާޅުވީ ރައީސް ޞާލިހު މިއިންތިޚާބުގައި އޮންނާނީ ތިންވަނާގައި ކަމަށެވެ. އެބޭފުޅުން ކުރަމުންދާ މަސައްކަތުން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އިލްޔާސް ލަބީބް ކަމަށާއި، މިއިންތިޚާބު އިލްޔާސް ކާމިޔާބު ކުރައްވާނެ ކަމީ ޝައްކު ކުރައްވާ ކަމެއް ނޫންކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޞާލިހު އެކިއެކި ބޭފުޅުން ލައްވާ އަޅުގަނޑުމެންނާއި ގުޅުއްވޭތޯ އެބަ ބައްލަވާ. ދެވަނަ ބުރެއްގައިވެސް އަޅުގަނޑުމެން ނުދާނަން ރައީސް ޞާލިހާއި އެކުގައެއް. އަޅުގަނޑުމެން ރައީސް ޞާލިހު ތިންވަނައަށް ނުލައި އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން. އަޅުގަނޑުމެން ތިބޭނީ ދެވަނަ ބުރުގައި. މިއިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު، މިހާތަނަށް ވާދަވެރިކޮށް އުޅުއްވަނީ ޕީޕީއެމްއާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އަދި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓްވެސް މިއިންތިޚާބުގައި ވާދަކުރެއްވުމަކީ ފެންނަ މަންޒަރުން ކައިރިވެސް ކަމެކެވެ. އިންތިޚާބުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ތާއީދުކުރާ މީހުން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ތިބުމަކީ އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އެޕާޓީއަށް އޮތް ފުރުސަތެކެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއިއެކު ރައީސް ނަޝީދު ނ.އަތޮޅަށް ކުރައްވާ ދަތުރުގައި އެއަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަސަނުގެ ދަރި ލަތީފް
ބަލަ އެއްބުރުން އިލްޔާސް ހޮވޭނެ ކަމަށް ބުނާއިރު ދެވަނަ ބުރެއް ބާއްވާކަށްވެސް ނުޖެހޭނެތާ
އ އައިމިނަ
ރައީސް ސޯލިހު ތިޔަ ބައިގަޑުގެ ވޯޓް ބޭނުމެއްވެސް ނުވާނެއެވެ. ތިޔަބައި މީހުން ކައިރިވިޔަސް ލިބޭ ވޯޓްވާނީ މަދެވެ. ދިވެހިންނަށް ބަރާބަރަށް މިހާރު ތިޔަ ޕާރޓީގެ ހަގީގަތް އެގެއެވެ. އަމިއްލަ އަށް ތިމާމެންނަށް ދެވަނަ ބުރަށް ނުވެސް ދެވޭނެކަމަށް ތިޔަ އިއުތިރާފު ވަނީއެވެ. ހެހެހެހެ