ރައީސް ޔާމީންގެ އިލްތިމާސަކީ އެއްބައިވެ، ޑރ.މުއިއްޒު އިންތިޚާބު ކޮށްދެއްވުން: ޝިޔާމް

ރައީސް ޔާމީންގެ އިލްތިމާސަކީ އެއްބައިވެ، ޑރ.މުއިއްޒު އިންތިޚާބު ކޮށްދެއްވުން: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 11:31
0

ރައީސް ޔާމީންގެ އިލްތިމަސަކީ ދިވެހި ހުރިހާ ރައްޔިތުންގެ އެކަތިގަނޑަކަށްވެ، ޑރ،މުއިއްޒު އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ގުރައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރު ވެރިކަމައި ހަވާލުވި ދުވަހުން ފެށިގެން ރައީސް ރައީސް ޔާމީން ހުންނަވަނީ ބަންދުގައި ނޫންނަމަ ޖަލުގައި ކަމަށެވެ. ރައީސް ޔާމީނަށް މިސަރުކާރުން ނުހައްގުން އެތައް ދައުވާއެއްކޮށް އެތައް އަނިޔާއެއް ދިން ނަމަވެސް ރައީސް ޔާމީން މިސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައި ނުވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިހާލަތުގައި ރައީސް ޔާމީންގެ އިލްތިމާސަކީ ރާއްޖޭގައި އަމާން ވެރިކަމެއް ގާއިމް ކޮށްދެއްވުން ކަމަށާއި، އެމަސައްކަތަށް ނިކުމެވަޑައިގެން ހުންނެވީ އެމަނިކުފާނުގެ ފުރިހަމަ ތާއީދާއިއެކު ޑރ.މުއިއްޒުކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިގައުމުގެ ހާލަތު ބަދަލު ކުރެވޭނީ ޑރ.މުއިއްޒަށް ފުރުސަތު ދެއްވައިކަން ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާ. އެމަނިކުފާނު އެދެނީ ދިވެހި އެންމެހާ ރައްޔިތުންގެ ސަފުތައް ރުކުރުވާލައިގެން ބަދަހި ކަމާއިއެކު މަސައްކަތްކޮށް ޑރ.މުއިއްޒު އިންތިޚާބު ކޮށްދެއްވުމަށް.

– ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ދައުވާތަކާއި، ތަހުގީގުތަކަށް ފިއްލަވައިގެން ދިވެހި ރައްޔިތުންނަށް ފިލާނެ ބޭފުޅެއް ނޫންކަން ހަމަކޮށް ދެއްވާފައިވާކަމަށެވެ. އެމަނިކުފާނަށް ދައުވާކުރާ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ އެއްވެސް ހަގީގަތެއް ނެތް ސިޔާސީ ދައުވާއެއްކަން މިމައްސަލާގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތުން ދިވެހި ރައްޔިތުންނަށް ހާމަވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިމައްސަލާގެ މޭސްތިރިން ރާއްޖެއިން ބޭރަށް ފުރުވާލައި އެނެއްބަޔަކު މުޅި ދައުރުގައި ހިމާޔަތް ދެއްވައި ގޭގައި ފިނި ކޮޓަރީގައި ބައިތިއްބައިގެން އުޅެނީ މިސަރުކާރުގެ ސިޔާސީ މަންފާއަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައަށްވެސް އަދި އެހެން މައްސަލަތަކަށްވެސް އިންސާފު ލިބޭނީ ޑރ.މުއިއްޒުގެ ވެރިކަމެއްގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.