އާލިއާ ލިޕްސްޓިކް ޖެއްސުމުން ރަންބީރަށް ކަމަކު ނުދޭ

އާލިއާ ލިޕްސްޓިކް ޖެއްސުމުން ރަންބީރަށް ކަމަކު ނުދޭ

Author
ފާތިމަތު ނާވީ
22 އޮގަސްޓް 2023 12:31
0

ލިޕްސްޓިކް އަކީ ފިރިމީހާ ރަންބީރު ކަޕޫރު އަށް އެއްވެސް ވަރަކަށް ކަމުދާ އެއްޗެއް ނޫން ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރަންބީރާ ރައްޓެހިވެގެން އުޅުނު ދުވަސްވަރުން ފެށިގެން ވެސް އޭނާ ލިޕްސްޓިކް ޖައްސަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އެއީ މާ ބޮޑަށް ލިޕްސްޓިކް ޖެއްސުމުން ރަންބީރު ހިތްހަމަނުޖެހޭތީ އެވެ.

 

View this post on Instagram

 

A post shared by VOGUE India (@vogueindia)

އަދި ލިޕްސްޓިކް ޖައްސައިފި ނަމަ އަބަދުވެސް ފޮހެލަން ބުނާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. މީގެ އިތުރުން އާލިއާ ވަނީ އޭނާގެ ލިޕްސްޓީކް ޓިއުޓޯރިއަލް ވެސް ދައްކައިލައިފައިއެވެ.

އާލިއާ ބުނީ ރަންބީރަށް އެންމެ ކަމުދަނީ އޭނާގެ އަސްލު ތުންފަތުގެ ކުލަ ކަމަށެވެ. އަދި އެހެންވެ އާލިއާ މިހާރު މުޅިންހެން ވެސް ބޭނުން ކުރަނީ ވަރަށް ނޫޑް ނުވަތަ އޭނާގެ ތުންފަތުގެ ކުލަ އާއި އެއްކުލަ އެއްގެ ލިޕްސްޓިކް އެވެ. އަދި ލިޕްސްޓިކް ޖެއްސުމަށްފަހު ފޮހެލާ ކަމަށްވެސް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

 

މިވާހަކަ ތަށް ހިއްސާ ކުރުމާއި އެކުގައި ގިނަ ބަޔަލު ވަނީ ރަންބީރަށް ވަރަށް ބޮޑަށް ފާދުކިޔައިފައިއެވެ. ރަންބީރާ އާއި އާލިއާ ކައިވެނިކުރީ މިދިޔަ އަހަރު އެޕްރީލް މަހުގަ އެވެ. އެ ދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.