ބަތަލާ ކަރީނާ ކަޕޫރު އާއި އެކުގައި ފިލްމް އެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ބަތަލާ އާލިއާ ބަޓް އެދިއްޖެ އެވެ.
ވަރަށް ނަލަވެލައިގެން އިންޑިއަން އައުޓްފިޓް އެއް ގައި ދެމީހުން އެކުގައި ނަގައިފައިވާ ފޮޓޯއެއް ހިއްސާ ކުރަމުން އާލިއާ ބުނީ ދެމީހުން އެކުގައި ކާސްޓު ކޮށްދިނުމަށް އެދޭ ކަމަށެވެ. މި ފޮޓޯގައި ބޮޑަށް ވައްތަރީ ދެތަރިންގެ ކޮންމެސް ކަހަލަ އިޝްތިހާރެއް ނުވަތަ ޕްރޮމޯޝަނަލް ވީޑިއޯ ކޮޅެއްގައި ދެމީހުން މަސްއަކަތް ކުރާ ކަމަށް ބެލެވެއެވެ.
އޭނަގެ މި ޕޯސްޓާ ގުޅިގެން އާލިއާގެ އެންމެ ފަހުގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރް ވަނީ ކަރީނާ އާއި އާލިއާގެ ފިލްމެއް ބޭނުންވާ ކަމަށް ބުނެފަ އެވެ.
މި ދެ ބަތަލާއިންނަކީ ވެސް ކަރަންވެ ވަރަށް ފޭވަރިޓުންނެވެ. މީގެ ކުރިން ދެ ތަރިންނާއި އެކުގައި ފިލްމަކަށް ކުރިން ހަމަޖެއްސި އެވެ. އެއީ ކަރަން 2018 ގައި އިއުލާންކޮށް، ފަހުން އެކިއެކި ސަބަބުތަކާ ހެދި ހުއްޓާލާފައި އޮތް ތާރީހީ ލޯބީގެ ފިލްމު "ތަހުތު" އެވެ.
އާލިއާ އަކީ ކަރީނާގެ ފަހަރިއެކެވެ. އާލިއާގެ ފިރިމީހާ އެކްޓަރު ރަންބީރް ކަޕޫރަކީ ކަރީނާގެ ކަޒިންއެކެވެ. މި ދެތަރިން އެކުގައި ކުރިން ވަނީ ފިލްމް އެއް ކުޅެފައިއެވެ. ނަމަވެސް އެކުގައި ފިލްމް ގައި އެއްވެސް މަންޒަރެއް ނެއް އެ ފިލްމް އަކީ 2016 ވަނަ އަހަރުގެ "އުޅުތާ ޕަންޖާބު" އެވެ.