ޑރ.މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ އިފްތިތާޙުކުރުން މިރޭ

ޑރ.މުއިއްޒުގެ "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯ އިފްތިތާޙުކުރުން މިރޭ

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 08:54
0

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އިފްތިތާހުކުރުން މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒުގެ މެނިފެސްޓޯ ލޯންޗުކުރުމުގެ ރަސްމިއްޔާތު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބާއްވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނުގެ މެނިފެސްޓޯއަށް ދެވިފައިވާ ނަމަކީ “ދިވެހީންގެރާއްޖެ” އެވެ.

ޕީއެންސީގެ ކެންޑިޑޭޓު އަދި ރަނިންގްމޭޓުވެސް ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވާއިރު، މި ހަރަކާތްތަކުގެ ތެރެއިން ޑރ. މުއިއްޒުވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމުގެ ވަޢުދުތައް ވަމުންނެވެ.

މުއިއްޒު ވިދާޅުވަނީ، ރަށް ގިރުމާއި ކުނި މެނޭޖް ކުރުމަކީ އަސާސީ ކަންކަން ކަމަށެވެ. މިއީ ސިޔާސީ ޕޯޑިއަމެއްގައި ހުރެ ވައުދުވާން ޖެހޭ ކަމެއް ނޫން ކަމަށާއި، ސަރުކާރަށް ލިބޭ އާމްދަނީން އެކަން ކަން ހަމަޖެއްސޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މެނިފެސްޓޯ މިރޭ އިފްތިތާހު ކޮށްދެއްވައި ރައްޔިތުންނާއި މުޚާތަބްކޮށް ވާހަކަފުޅުވެސް ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.