ގުރައިދޫ ގިނަ އަދަދެއްގެ ޒުވާނުން މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމްއަށް!

ގުރައިދޫ ގިނަ އަދަދެއްގެ ޒުވާނުން މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 08:25
0

ކ.ގުރައިދޫގެ ގިނަ އަދަދެެއްގެ ދުވާނުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެސްސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް، ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ގުރައިދޫގައި ރޭ ބޭއްވި ޖަލްސާއަކީ މުއިއްޒުގެ ކެމްޕޭންގައި މިހާތަނަށް ބޭއްވި އެންމެ ފޯރިގަދަ އެއް ޖަލްސާވެސް މެއެވެ. ޖަލްސާ ފޯރި ގަދަނީ ޑރ.މުއިއްޒު ގުރައިދޫއަށް ވަޑައިގެންނެވުމާއި ދިމާކޮށް އެރަށުގެ އެމްޑީޕީއަށް ނިސްބަތްވާ މީހުން ބަނދަރު ސަރަހައްދުގައި އެއްވެތިބި ޕީޕީއެމް ސަޕޯޓަރުންނަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުންތަކައި ގުޅިގެންނެވެ.

މުއިއްޒު ގުރައިދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އާދަޔާއި ޚިލާފް ހޫނު މަރުހަބާއެއްވެސް ކިޔާފައެވެ. ގުރައިދޫ ޕީޕީއެމް އާންމު މެމްބަރުންގެ ޖަޒުބާތު ތަކާއިއެކު ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުން ޕީޕީއެމްއަށް ވަނީ ސޮއިކޮށްފައެވެ. ސޮއިކުރި ޒުވާނުން ވަނީ ފޯމުތައް ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި ހަވާލު ކުރައްވާފައެވެ. އަދި ކުރިއަށް އޮތް އިންތިޚާބު މުއިއްޒުއަށް ކާމިޔާބު ކޮށް ދިނުމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށް އެޒުވާނުން ވަނީ ބުނެފައެވެ.

ރިޔާސީ ކެމްޕޭންގައި މުއިއްޒު ވަޑައި ގަންނަވާ ގިނަ ރަށްތަކުން ޒުވާނުންނާއި އާންމު ގިނަ އަދަދެއްގެ ބަޔަކު ގެންދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.