"ދެވާރާ"ގައި ސައިފް ފެންނަ ގޮތް ދައްކައިލައިފި

"ދެވާރާ"ގައި ސައިފް ފެންނަ ގޮތް ދައްކައިލައިފި

Author
ފާތިމަތު ނާވީ
20 އޮގަސްޓް 2023 06:12
0

ސައުތުގެ މަޝްހޫރު އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ" ގައި ބޮލީވުޑްގެ ތަރި ސައިފް އަލީ ޚާން ފެންނާނެ ގޮތް ދައްކާލައިފި އެވެ.

މި މަހުގެ 26 ގައި ފާހަގަ ކުރި ސައިފް ގެ 53 ވަނަ އަހަރު ގެ އުފަންދުވަހާއި ދިމާކޮށް އެ ފިލްމްގެ ފަސްޓް ލުކް ޕޯސްޓަރު ދައްކައިލައިފައިވާ އިރުގައި މި ޕޯސްޓަރުގައި ސައިފް ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު ކޮންނެވެ.

 

View this post on Instagram

 

A post shared by Devara Movie (@devaramovie)

"ޕޭން-އިންޑިއާ" ފިލްމެއްގެ ގޮތުގައި ހަދާ "ދެވާރާ" އަކީ ކޮރަޓަލާ ސިވާ ޑައިރެކްޓްކުރާ އެކްޝަން ޑްރާމާއެކެވެ. މީގައި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސައިފް ކުޅެނީ ވިލަންއެއްގެ ރޯލެވެ. އަދި އޭނަގެ ކެރެކްޓާގެ ނަމަކީ ބައިރާ އެވެ.

ސައިފް ވަނީ ވަރަށް ގިނަ ފިލްމް ތަކަކުން ނެގެޓިވް ރޯލުން ފެނިގެން ގޮސްފައިއެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެން ދިއަ ފިލްމް "އަދިޔަޕުރުޝް" ގައި ވެސް ސައިފް ފެނިގެން ގޮސްފައިވަނީ ނެގެޓިވް ރޯލަކުންނެވެ.

 

View this post on Instagram

 

A post shared by Devara Movie (@devaramovie)

އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ދެވާރާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 5 ގަ އެވެ. މީގެ ބަތަލާ އަކީ ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރެވެ. މީ ޖާންވީ ސައުތުގެ ފިލްމް އިންޑަަސްޓްރީއަށް ތައާރަފްވާ ފިލްމްއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.