ޝާހުގެ ދެމަފިރިންގެ އިޝްތިހާރު ދައްކަންފަށައިފި

ޝާހުގެ ދެމަފިރިންގެ އިޝްތިހާރު ދައްކަންފަށައިފި

Author
ފާތިމަތު ނާވީ
21 އޮގަސްޓް 2023 08:55
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި އަންހެނުން ގޯރީ ހާން ފެނިގެންދާ އިޝްތިހާރް  އާންމުކޮށްފި އެވެ.

މީ ގޭތެރޭގެ ހިތްގައިމުކަމާއި ހިތްފަސޭހަކަން ގެނެސްދޭ ގޮތަށް ފަރުމާކޮށްފައިވާ އިޝްތިހާރެކެވެ. ދެމަފިރިން ފެނިގެންދަނީ  ޑީ’ޑެކޯގެ ބްރޭންޑްގެ ދޮރުފޮތީގެ އިޝްތިހާރަކުންނެވެ.

އިންޓީރިއާ ޑިޒައިނަރެއްގެ ގޮތުގައި ބޮލީވުޑްގެ ތަރިންގެ ގޭގެ ޒީނަތް ކުރުމުގެ ލިސްޓުގެ ކުރީގައި ހިމެނޭ ގޯރީ އާއި އެކުގައި ޝާހު މި އިޝްިތާހުން ފެނިގެންދާ އިރުގައިގޯރީ އަކީ އިންޑިއާގެ ނުފޫޒު ގަދަ އިންޓީރިއާ ޑިނައިޒަރެކެވެ.

މީގެ ކުރިންވެސް ތަފާތު ޑިޒައިން ތަށް ދޭތެރެ ދޭތެރެ އިން އިޝްތިހާރުކޮށްދޭ ގޯރީ ވަނީ ޝާހު އާއި އެކުގައިވެސް މީގެ ކުރިން އިޝްތިޙާރު ތަކުން ފެނިގެން ގޮސްފައިއެވެ،.

 

View this post on Instagram

 

A post shared by Gauri Khan (@gaurikhan)

ތިން ކުދިންގެ މަންމަ ގޯރީ އަކީ ގޯރީ ޑީޒައިން (ޖީޑީ) ގެ ނަމުގައި ލަގްޒަރީ އިންޓީރިއާ ސްޓޫޑިއޯއެއް ހިންގަމުން އަންނަ މީހެކެވެ. އަދި އޭނަގެ މި މަސައްކަތްތަކާ ގުޅޭ ގޮތުން ފޮތްތަކެއް ވެސް ނެރެފައިވެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.