ރަފިއްޔާއަށް އެމްޑީއޭ ކައުންސިލް މެމްބަރު އައްބާސް ހަމަލާ ދީފި

ރަފިއްޔާއަށް އެމްޑީއޭ ކައުންސިލް މެމްބަރު އައްބާސް ހަމަލާ ދީފި

ގުޅުންހުރި

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލް މެންބަރު މުހައްމަދު އައްބާސް އެ ޕާޓީގެނައިބް ރައީސް އައިޝަތު ރަފިއްޔާ އަށް ހަމަލާ ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރަފިއްޔާ ވިދާޅުވީ އައްބާސް އޭނާގެ ބަނޑުގައި ޖެހީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މިމައްސަލަ ހިނގަން މެދުވެރިވި ސަބަބެއް އަދި މިކަމެއް ހިނގި ތަނެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ރަފިއްޔާ އިތުރަށް ވިދާޅުވީ ހަމަލާއަށްފަހު ޑޮކްޓަރަށް ދެއްކި ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ އޮންނެވީ "ބެޑް ރެސްޓް"ގައި ކަމަށެވެ.

ރަފިއްޔާ އާއި އައްބާސް އަކީ އެމްޑީއޭ އުފެއްދުމުގެ މަރުހަލާ އިން ފެށިގެން އެ ޕާޓީގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ދެ ބޭފުޅުންނެވެ. އަދި މި ދެ ބޭފުޅުންނަކީ އެމްޑީއޭގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމު މުހައްމަދުގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ