މިއީ ހުރިހާ ސިޔާސީ ފަރާތްތަކުން ޤާސިމް މިހާތަނަށް ކޮށްދެއްވި ޚިދުމަތާއި އެހީތެރިކަން ބަލައިގަނެ، ޤާސިމަށް ވެރިކަން ހޯދައިދޭންވީ ފަހަރު ކަމުގައި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހދ.ނޮޅީވަރަމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ޑރ.ވަހީދު ވިދާޅުވީ ޤާސިމް އިބްރާހިމަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑަށް ރައްޔިތުންނަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅާކަމަށެވެ.
މިއަދު ތަންތަނަށް އެއްވެ ޚިޔާލް ފާޅުކުރުމާއި މުޒާހަރާ ކުރުމާއި، ބަސް ބުނުމުގެ ހައްގު ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ޤާސިމް ކަމަށް ވަހީދު ވިދާޅުވިއެވެ. ޤާސިމްގެ މަސައްކަތުން ހޯދި ހައްގުތައް ކަށަވަރު ކުރުމަށް ރައްޔިތުންގެ ވޯޓަކުން ވެރިމީހަކު އައްޔަން ކުރަން ލިބުނު ފުރުސަތުގައި މިހާތަނަށް ޤާސިމަށް ފުރުސަތު ނުލިބުނު ނަމަވެސް ޤާސިމްގެ މަދަދާއި އެކު ނޫނީ މިހާތަނަށް އެއްވެސް މީހަކަށް ވެރިކަމަށް އާދެވިފައި ނުވާކަމަށް ވަހީދު ވިދާޅުވިއެވެ.
ހުރިހާ ވެރިކަމެއްގައިވެސް މާސްތެރިއަކީ ޤާސިމްގެ. ޤާސިިމްގެ ބައިވެރިވުމެއްނެތި އެއްވެސް ބަޔަކަށް ވެރިކަމަށް އާދެވިފައިނުވޭ. ޤާސިމް ހުންނަވަނީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި. މިއީ ހުރިހާ ފަރާތްތަކުން ޤާސިމަށް ފުރުސަތު ދޭންވީ ވަގުތު.
– ޑރ.ވަހީދު ވިދާޅުވިއެވެ.
📍 HDH Nolhivaran
Gaumee Leader Hon @qasimibrahim ah Hdh. Nolhivaram in Hoonu Maruhabaa eh! 5️⃣✅#QasimAmeen2023 #HaadkandaalaaHamajeheyne pic.twitter.com/9GFe1PTTSO
— Rym Husen (@husen_rym) August 18, 2023
ވަހީދު ވިދާޅުވީ އެމަނިކުފާނު ޤާސިމަށް ތާއީދުކޮށް ޤާސިމަށް ވެރިކަން ހޯދައިދޭން މަސައްކަތް ފެއްޓެވީ މިއީ މިފަހަރު ތިއްބެވި ކެންޑިޑޭޓުންނަށް ބަލާއިރު އެންމެ ރަނގަޅު ކެންޑިޑޭޓަށް ވުމުންކަމަށެވެ. އަދި ޤާސިމް ނޫނީ ރައްޔިތުންނަށް ޚިދުމަތްކޮށްދެވޭނެ އިތުރު ކެންޑިޑޭޓަކު ނުފެންނަކަމަށް ވަހީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ