ޕެނެލްޓީގައި ކުރި ހޯދާ ސުޕަ ކަޕް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި

ޕެނެލްޓީގައި ކުރި ހޯދާ ސުޕަ ކަޕް މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފި

ގުޅުންހުރި

ނިމިދިޔަ ސީޒަނުގައި ތިން ތަށި ހޯދާ ތާރީހުގެ ތެރެއަށް ވަތް މެންޗެސްޓަރ ސިޓީއިން މި ސީޒަނުގެ ފުރަތަމަ ތަށި ކާމިޔާބުކޮށްފިއެވެ.

ސުޕަކަޕް ސިޓީން ކާމިޔާބު ކުރީ ފުރިހަމަ ވަގުތުގައި 1-1އިން އެއްވަރުވުމުން އިތުރުވަގުތު ކުޅުމެއްނެތި ޕެނަލްޓީ ޖަހައިގެން 5-4 އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސްޕޭނުގެ ސެވިއްޔާ ބަލިކޮށް ގެންނެވެ.

ޔޫރަޕުގެ އެންމެ ޝަރަފުވެރި ދެ ކުލަބު މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އާއި ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅުނު ފައިނަލް މެޗުން ސިޓީ މޮޅުވީ ސެވިއްޔާގެ ނެމެންޖާ ޑުގެލީ ޖެހި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ވައިގެ ތެރެއަށް އަރައިގެން ދިއުމުންނެވެ. އޭނާ ޕެނަލްޓީ ޖަހަންދިޔައިރު ސިޓީ އޮތީ އެ ޓީމުގެ ފުރަތަމަ ފަސް ޕެނަލްޓީ ކާމިޔާބުކޮށް 5-4ގެ ލީޑެއްގައެވެ. އޭނާގެ ޕެނަލްޓީ ކާމިޔާބުވިނަމަ ދެ ޓީމު އެއްވަރުވެ ނަތީޖާ ނެރެވެންދެން އިތުރަށް ޕެނަލްޓީ ޖަހަން ޖެހޭނެއެވެ.

މިއީ މެންޗެސްޓާ ސިޓީއިން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ކޯޗު ޕެޕް ގާޑިއޯލާ މި ތަށި ހޯދި ތިން ވަނަ ފަހަރެވެ. އަދި މިއީ ސިޓީއިން 2023 ވަނަ އަހަރު ހޯދި ހަތަރުވަނަ ތައްޓެވެ. މީގެ ކުރިން އެ ޓީމުން ވަނީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ.

މިހާތަނަށް ގޯޑިއޯލާގެ ކޯޗު ކަމުގައި ސިޓީއިން ވަނީ ޕްރިމިޔަރ ލީގު ފަސް ފަހަރު, ކަރަބޯ ކަޕް ހަތަރު ފަހަރު, ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު, އެފްއޭކަޕް ދެ ފަހަރު, ޗެމްޕިއަންސް ލީގު އެއްފަހަރު އަދި ސުޕަރ ކަޕް އެއްފަހަރު ހޯދާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ