ޖޭޕީ ދޫކޮށް ޓްރާސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އެމްޑީޕީއަށް

ޖޭޕީ ދޫކޮށް ޓްރާސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އެމްޑީޕީއަށް

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2023 08:22
0

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ ވެރިކަން ކުރާ، އެމްޑީޕީއަށް ސޮއިކުރަން ނިންމައިފިއެވެ.

އޭނާ މިކަން އިއުލާނު ކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. ހަމަދު ކުރިން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ހަމަދުގެ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީއާ ގުޅެން ނިންމެވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބިގެން "އުފާވެރި އަމާން ރާއްޖެ" އަށް ވާސިލުވެވޭނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިގެން ކަމަށެވެ. އަދި ގައުމަށް އެންމެ ފައިދާ ހުރިގޮތަކީވެސް އެއީކަމަށް ވެސް ހަމަދު ވިދާޅުވިއެވެ.

ހަމަދަކީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ގާތް ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވެސް ދާދިފަހުން ވަނީ އެ ޕާޓީން ވަކިވެ ވަޑަައިގެންފައެވެ. އަދި އެހެން ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް އެ ޕާޓީން ވަކިވެ، އެމްޑީޕީއާ ވަނީ ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.