ބަތަލާ ދިވްލާ ކޯސްކާ ކުމާރު 2014 ގައި ޑައިރެކްޓްކުރި ހިންދީ ފިލްމު "ޔާރިޔަން" ގެ ދެވަނަ ބައި ގެ ޓިޒާ ދައްކައިލައިފިއެވެ.
ފިރިމީހާ ބުޝަން ކުމާރުގެ ފިލްމު ކުންފުނި، ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ޔާރިޔަން 2″ ގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ "ލަކީ: ނޯ ޓައިމް ފޯ ލަވް" އާއި "ސަނަމް ތެރީ ގަސަމް" ގެނެސްދިން ދެ ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.
މި ފިލްމްގެ ލީޑުން ދިވްޔާ އާއި އެކުގައި ފެނިގެންދާނީ ޑްރާމާ ސިލްސިލާ ތަކުން ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ އެކްޓަރު ޕާލް ވީ ޕޫރީ އާއި މީޒާން ޖެފްރީއެވެ. މީގެ އިތުރުން ފިލްމްގެ މުހިންމު ރޯލަކުން އެއް ލޯ މަރާލައިގެން މަޝްހޫރުކަން ހޯދި ޕްރިޔާ ވާރިއާ އާއި ވަރީނާ ހުސައިންގެ އިތުރުން ޔާޝް ދާސްގުޕްތާ ވެސް ފެނިގެން ދާނެއެވެ.
ދެހާސް ސާދައިގައި ދިވްޔާ ޑައިރެކްޓްކޮށް ގެނެސްދިން "ޔާރިޔަން" ގެ ތަރިންނަކީ ހިމާންޝޫ ކޯލީ އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން ނިކޯލް ފާރިއާ އެވެ. "ޔާރިޔާން 2″ ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި 12 ގަ އެވެ.
ދިވްޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2″ ގެ ވެސް ބަތަލާ އެވެ. މި ފިލްމް އަށްވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިއެވެ.