"ޑޮން 3″ ގެ ބަތަލާ އަކީ ކިއާރާ

"ޑޮން 3″ ގެ ބަތަލާ އަކީ ކިއާރާ

Author
ފާތިމަތު ނާވީ
11 އޮގަސްޓް 2023 03:27
0

"ޑޮން 3″ ގެ ބަތަލާ އަކަށް ޒުވާން ކިއާރާ އަދުވާނީ ހަމަޖައްސައި އެކަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ހަބަރުތަށް ބުނެފިއެވެ.

މިވާހަކަތަށް ދެކެވެން އަންނަނީ ފަރްހާން ފިލްމަށް ތައްޔާރުވަމުން އަންނަކަން އިއްޔެ ސޯޝަލް މީޑިއާ ޕޯސްޓްތަކެއްގައި ހިއްސާކޮށްފައި ވަނިކޮށް، މީގެ އެއް ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީގެ އޮފީހުން ކިއާރާ އިއްޔެ ފެނުމާ ގުޅިގެންނެވެ.

ނަމަވެސް ކިއާރާގެ އިތުރުންވެސް ބައެއް ނަންތަށް މި ފިލްމް އާއި އަޅުވައި އެބަ ކިޔެއެވެ. ނަމަވެސް ފެންނާނެ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރެވެނީ ބަތަލާ ކިއާރާ އަދުވާނީއެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

 

އެ ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓަޓައިންމަންޓްގެ ޓީމާއި ރަންވީރުގެ ސޯޝަލް މީޑިއާގައި ވެސް ޓީޒާ ޕޯސްޓްކޮށްފައިވެ އެވެ. ރަންވީރާ އެކީ "ޑޮން 3″ ހަދަން ނިންމި އިރު، މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ޝާހްރުކް ޚާނެވެ. އަދި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2″ ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.

"ޑޮން 3″ ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.