ރަންވީރު ސިންގް އާއި އެކުގައި "ޑޮން" ގެ ކުރިއަށް އޮތް ފިލްމް އިއުލާން ކޮށްފިއެވެ.
"ޑޮން" ފްރެންޗައިޒް އަކީ ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އާއި އެކުގައި ގެނެސްދޭ ފިލްމް ތަކެކެވެ. ނަމަވެސް މީގެ ތިން ވަނަ ފިލްމް އިން ޝާހު ނުފެންނާނެ ކަމަށް ހަބަރު ފެތުރޭތާ ގިން ދުވަސް ތަކެއް ފަހުން ރަންވީރު އާއި އެކުގައި ޑޮން މިވަނީ އިއުލާން ކޮށްފައިއެވެ.

އެ ފިލްމު ޕްރޮޑިއުސްކުރާ އެކްސަލް އެންޓަޓައިންމަންޓްގެ ޓީމާއި ރަންވީރުގެ ސޯޝަލް މީޑިއާގައި ވެސް ޓީޒާ ޕޯސްޓްކޮށްފައިވެ އެވެ. ރަންވީރާ އެކީ "ޑޮން 3″ ހަދަން ނިންމި އިރު، މި ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމުގައި ޓައިޓްލް ރޯލު ކުޅުނީ ޝާހްރުކް ޚާނެވެ. އަދި 2006 ގެ "ޑޮން" އާއި 2011 ގެ "ޑޮން 2″ ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ.
މި ފިލްމް ގެ ބަތަލާގެ ރޯލަށް ގިނަ ނަން ތަކެއް އަންނަންނީ އަޑު އިވެމުންނެވެ. ނަމަވެސް ފެންނާނެ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރެވެނީ ބަތަލާ ކިއާރާ އަދުވާނީއެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ފަރުހާން އަޚްތަރު "ޑޮން 3″ އެކީ ޑައިރެކްޓަރުގެ ގޮނޑީގައި އިށީންނަ އިރު، މީ މީގެ ކުރިން ގެނެސްދިން "ޑޮން" ގެ ފިލްމް ތަކަށްވުރެ ކޮލެޓީ ރަނގަޅު އެއްޗަކަށް ހެދޭތޯ އޭނާ މަސައްކަތް ކުރާނެއެވެ.
"ޑޮން 3″ ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ 2025 ގަ އެވެ.