މިހާރު ކުރިޔަށްދާ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ، ރައީސް ސާލިހުގެ ކެމްޕޭން ޖަލްސާއެއްގައި "އަވަގުރާނަ" ގޮވުނީތީ، ރައީސް ސާލިހުގެ ކޯލިޝަން ޕާޓީ، އެމްޑީއޭގެ ނާއިބު ރައީސާ އައިޝަތު ރަފިއްޔާ މާފަށް އެދިއްޖެއެވެ.
ރައީސް ސާލިހު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި ގދ. ގައްދޫގައި އިއްޔެ ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި އައިޝަތު ރަފިއްޔާ "އަވަގުރާނަ" ގޮވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުންވެސް އޭނާ އަށް އަމާޒު ވެފައި ވެއެވެ.
ރައީސް ސޯލިހް ވެސް ބައިވެރިވެޑައިގެންނެވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ "ފެން ފޯއް ރުއްތައް އިންދީމާ….. އެރޭނީ ފައިން" ކަމަށެވެ. އެ މިސާލު އޭނާ ނެންގެވީ ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގައި އިންދި ފެން ފޯއް ރުއްތަކަށް އިޝާރާތް ކުރައްވަމުންނެވެ.
އެ ޖަސްލާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ފެން ފޯއް ރުއްތައް އިންދައިގެން ލިބުނު ފައިދާއެއް ނެތް ކަމުގައެވެ. އޭގެ ފަހުގައި އޭނާ ވަނީ އަވަގުރާނަ ގޮވައިފައެވެ.
އެކަމާ ގުޅޭގޮތުން ރޭ ރަފިއްޔާ އޭނާގެ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާގައި އޭނާ ދެއްކި ވާހަކައިގައި ބޭނުންކޮށްފައިވާ އިބާރާތް ބޭނުންކޮށްފައި ވަނީ އެއްވެސް ހާލެއްގައި "އަވަގުރާނަ" ގޮވުމާއި ބޭއަދަބީ އިބާރާތެއް ބޭނުންކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ.
އަދި އޭވާ ވިދާޅުވީ އެ އިބާރާތް ބޭނުންކުރީ ދިވެހި މުހާވަރާއެއް ބޭނުންކޮށް ސަމާސާ މިސާލެއްގެ ގޮތުގައި ގެނައުމުގެ ނިޔަތުގައި ކަަމަށެވެ.
އެހެންނަމަވެސް އެ އިބާރާތް އަޅުގަނޑަށް ބޭނުންކުރެވިފައިވާ ގޮތުގެ ސަބަބުން، އަޅުގަނޑު ބޭނުންކުރި މާނައާއި ވިސްނުމާ ހިލާފު މާނައެއް އެ އިބަރާތުން ކުރެވޭކަމަށް ބައެއް ބޭފުޅުންނަށް ގަބޫލުކުރެއްވޭތީ، އެ ހުރިހައި ބޭފުޅުންގެ އަރިހުންނާއި ޖުމުލަ ގޮތެއްގައި އެންމެހައި ލޮބުވެތި ދިވެހީންގެ އަރިހުން މައާފަށް އެދެމެވެ.
ރަފިއްޔާގެ ފޭސްބުކްގައި އޭނާ ކުރި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
ގައްދޫގައި އޮތް ޖަލްސާގައި ރަފިއްޔާ "އަވަގުރާނަ" ގޮވުމާއި ގުޅިގެން އޭނާއަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އާއިލާތަކުން ބަލަމުން ދިޔަ ޖަލްސާއެއްގައި ރަފިއްޔާ އަވަގުރާނަ ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން އެނގެނީ ރަފިއްޔާގެ ލަދު ހަޔާތެއް ނެތުން ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.
މިއީ "އަންހެނުންނަށް ވެސް ހުތުރެއް" ކަމަށް ފާޑުކީ މީހަކު ބުނެފައިވެއެވެ.
ރައީސް ސޯލިހް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީއޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ރަފިއްޔާއެވެ. އަދި އޭނާ ގެންދަވަނީ އެމްޑީއޭގެ ފަރާތުން ގުނަ ޖަލްސާތަކުގައި ވާހަކަވެސް ދައްކަވަމުންނެވެ. ރަފިއްޔާގެ އިތުރުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވެސް މި ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވައެވެ.
ރަފިއްޔާއަށް ފާޑުކީ ފަރާތްތަކުން ބުނެފައި ވަނީ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ބޭފުޅުން މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.
One Response
މާމުތްސިޔާމުގެެ މާމުތްބޮނީމާާ ދެންފެންނާނީީ މާމުތްް ސިޔާމުއައްވެސްް މާމުތްް ހަތައެއްފެނިި މުޅިންް ބޭގަރާރުވެއްޖެެ ތިކަހަލަަ ގޮތްކުޑަަ ހަޑިމުދާރުންް ގިނަވެންގޮއްސަަ މުޅިގައުމައްް ބޮޑުމުސީބާތަކައްވެއްޖެެ ކަލޭއުޅޭގޮތައްް މިގައުމުގެެ ރައްޔިތުންނަކީީ ވިޔާނުދާާ އުޅުންއުޅޭބަޔެއްނޫންް ކަލޭމެންް ތިފާޑައްތެޅެެ އުޅުނަކަސްް ތީދިވެހީންް އުޅޭގޮތެއްނޫންް ވާނީވެސްް ތިހިންކަންއެގޭޭ މާމުތްސިޔާމުސެޓްފިކެޓްް ގަތްދީފީވިއްޔާާ އެސެޓްފިކެޓަކީީ ކިހާވަރެއްގެެ އެއްޗެއްކަމެއްވެސްް ނޭގޭނެތާާ ކަލޭމާމުތްބޯންހުރޭޭ އަހަރަމެންރައްޔިތުންގެެ ތެރެއައްް ނިކުމެެ އަވަގުރާނަަ ނުގޮވާާ މައިތިރިި އެރުވޭތޯޯ ދޭމާމުތްް މީހާގެެ ދޫލަމުން