ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރެއްގެ ހައިސިއްޔަތުން މަގާމަށް ވަޑައިގެންނެވި ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މައުސޫމް އެންމެ ފަހުން އެޕާޓީން ވަކިވެ ވަޑައިގެންފިއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން މައުސޫމް މިއަދު ވަކިވެވަޑައިގެންނެވިނަމަވެސް، އެ ޕާޓީގެ ހަރަކާތްތަކުން އޭނާ ފެނިވަޑައިނުގަންނަވާތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރުމަށްވެސް އޭނާ ތާއީދުކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި މައުސޫމް ވަނީ ރައީސް ސާލިހަށް ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.
ޖުމްހޫރީ ޕާޓީއާ 2014 ވަނަ އަހަރު ގުޅިވަޑައިގެންނެވީއްސުރެ އެޕާޓީގައި ހުންނެވުމަށް ފަހު ޑރ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގެންނެވީ މިއަދުއެވެ. ޖޭޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަން ކުރެއްވި ޓްވީޓުގައި އޭނާ ހިއްސާކުރެއްވީ 2014 ގައި ޖޭޕީއާ ގުޅިވަޑައިގަންނަވަން ސޮއިކުރެއްވި އިރުގެ ފޮޓޯ އެކެވެ. އެއާ އެކު އެޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި, އެ ޕާޓީގެ ލީޑާޝިޕް އަދި މެންބަރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވޒައި އެެ ބޭފުޅުންނަށް ވެސް މައުސޫމު ޝުކުރު އަދާކުރެއްވިއެވެ.
މައުސޫމަކީ ޖޭޕީގައި އުޅުއްވި އިރު ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ޑރ. މައުސޫމް ޖޭޕީން ވެކިވެ ވަޑައިގެންފައި މިވަނީ, އެ ޕާޓީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލައަށް ވާދަކުރަން ނިންމާ, ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފޯމު އިލެކްޝަން ކޮމިޝަނުން ބަލައިގަތް ދުވަހުއެވެ.
ޖޭޕީން އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު, ޑރ. މައުސޫމް ވަނީ މި އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާނެ ކަން ހާމަކުރައްވައިފައެވެ.
One Response
އަދިވެސް އަނެއް ޑޮކްޓަރު ހައްދަވާގޮތެއް ނޭގެއެވެ. ފިޝަރީޒްގައި ބައްދަވައިގެން ދެފެންދޭތެރޭ ނުހުންނަވާ އަރާ އެއްކޮޅަކަށް އެރީމާ މަންޒަރު ސާފުވާނެއެވެ.