ދެމަފިރިން އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފި

ދެމަފިރިން އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅައިފި

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 01:20
0

ސެޕްޓެމްބަރު 9، ގައި އޮންނަ އިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ހަސަން ޒަމީލާއި އޭނާގެ އަނބިކަބަލުން ފޯމު ހުށަހަޅައިފިއެވެ.

އޭނާގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އަނބިކަނބަލުން މަރިޔަމް އަލީމެވެ. މިއަދު ޒަމީލްގެ ފޯމް ހުށަހެޅުމަށް ދަރުބާރުގެއަށް ވަޑައިގަތީ އަނބިކަނބަލުންނާއި އިންތިޚާބީ އެޖެންޓް، ދަރިކަލުންނާ އެކުއެވެ. ޒަމީލްގެ ކެންޑިޑެސީ ހަވާލު ކުރީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއެވެ.

މި ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ނައިބުކަން ކުރެއްވި ޒަމީލް ވަރަށް ފަހުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށެވެ.

މީގެ ކުރިން ވެސް ސަރުކާރުގެ އިސް މަގާމުތައް އަދާކުރައްވާފައިވާ ޒަމީލަކީ ގާނޫނީ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ޒަމީލު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފައެވެ.

ޒަމީލްގެ ރަނިންމޭޓަކަށް އައްޔަން ކޮށްފައިވާ މަރިޔަމް ވަނީ އެޓޯލްސް މިނިސްޓްރީގައި 21 އަހަރު ހިދުމަތް ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގައި 11 އަހަރު ހިދުމަތް ކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެނެރީ
ދެން ހުވާ ކުރައްވާ ތިން ބޭފުޅުން