ހަތަރުވަނަ ފަހަރަށް ރިޔާސީ އިންތިޚާބުގައިި ވާދަ ކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ފޯމު ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބީ މައި އިދާރާ ދަރުބާރުގެގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފޯމު ހުށަހެޅުއްވީ ޤާސިމް އިބްރާހިމްއެވެ. ޤާސިމްގެ ފޯމާއި އިލެކްޝަންގެ ފަރާތުން ހަވާލުވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެއެވެ. މިރަސްމިއްޔާތުގައި ޤާސިމްގެ ރަނިންމޭޓް އަމީން އިބްރާހިމާއި، ޖުމްހޫރީ ޕާޓީގެ އިސްގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މިއީ ޤާސިމް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ 4 ވަނަ ފަހަރެވެ. މީގެ ކުރިން 2008، 2013، 2018 ގެ އިންތިޚާބުގައިވެސް ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް މިހާތަނަށް ޤާސިމަށް އިންތިޚާބު ކާމިޔާބުކޮށް ވެރިކަމަށް އާދެވިފައި ނުވެއެވެ. ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ޤާސިމްއަކީ ވެރިޔަކު އިންތިޚާބު ކުރެއްވުމަށް އެންމެ ބޮޑު ގުރުބާނީއެއް ވާންޖެހޭ އެއްބޭފުޅާއެވެ.
މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ވާދަކުރަން ނުވަތަ އިންތިޚާބުގައި އެޕާޓީ ވަކިން ވާދަކުރުމަށް ނިންމާފައެވެ. މީގެ އިތުރުން އެއް ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާއި، ދަ ޑިމޮކްރެޓްސް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓިއާއެކު ވަނީ މަޝްވަރާވެސްކޮށްފައެވެ. ނަމަވެސް އެކަމުގައި ގޮތެއް ނުނިމި ޖުމްހޫރީ ޕާޓިން ނިންމީ ވަކިން އިންތިޚާބުގައި ވާދަކުރުމަށެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ގުރުއަތުލުން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.
One Response
ތިދާނީ ޗޮކުން / 25