ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ނިންމުމުން އިމްރާން ވިދާޅުވީ ހަމަނިދި ނިދާލެވޭނެކަމަށް!

ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް ނިންމުމުން އިމްރާން ވިދާޅުވީ ހަމަނިދި ނިދާލެވޭނެކަމަށް!

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 09:07
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ޖާގައެއް ނެތްކަމަށް ނިންމި ނިންމުމާއިއެކކު ގިނަ ރައްޔިތުންނަށް ހަމަ ނިދި ނިދާލެވޭނެ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ބަލައި ނުގަތުމަށް ނިންމުމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން، އިއްޔެ އިއްވެ ހުކުމުގައި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ.

ޔާމީންގެ ކެންޑިޑެސީ ބަލަިއ ނުގަތުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރުމުން، އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރެއަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ހަމަޖެހިލައިގެން ނިދާލެވޭނެ ރެއެއް ކަމަށެވެ.

މާތް ރަސްކަލާންގެ ހެޔޮ ރަހުމަތާއެކު ވަރައް ގިނަ ރައްޔިތުންނަށް، ހިތް ހަމަޖެހުމާއި އެކު، ނިދާލުމުގެ ފޮނިކަން އިޙްސާސް ކުރެވޭނެއެވެ.

– އިމްރާން ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަދުވަހުއެވެ. އަދި ހުކުމްގައި ހިމެނޭ ޖޫރިމަނާ ފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ދަށު ކޯޓްގެ ހުކުމްގައިވެއެވެ. އެ މުއްދަތު ވަނީ މިދިޔަ ޖޫންމަހަށް ހަމަވެފައެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ސަބަބުތަކުގެ ތެރޭގައި ދަށު ކޯޓްގެ ހުކުމްގައިވާ ފައިސާ ނުދައްކަވާ އޮތުން ސާބިތު ދަރަންޏެއް އޮތްކަމަށް ވަނީ ހިމަނާފައެވެ. މި ނިންމުމާއި ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ފައިސާ ދައްކަންޖެހޭ މުއްދަތު ހަމަވެގެން އެކަން އެމަނިކުފާނަށްވެސް އަދި އެމަނިކުފާނުގެ ޤާނޫނީ ޓީމަށްވެސް ކަމާއި ބެހޭ އިިދާރާއިން އަންގަވާފައި ނުވާކަމަށެވެ.

އެހެންނަމަވެސް މި މައްސަލާގައި މިއަދު ސުޕްރީމްކޯޓުން އިއްވި ހުކުމްގައި ވަނީ ފައިސާ ނުދައްކައިގެން އެކަމުގެ ލިޔުން ރައީސް ޔާމީންނަށް މީރާއިން ފޮނުއްވާފަައިވާކަން ރެކޯޑްތަކުން ފެންނަކަމަށެވެ. އަދި އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް ދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީން ސޮއިކޮށް ޕިންގަރ ފްރިންޓް ޖަހާފައިވާކަން ކަރެކްޝަންސްގެ ލިޔުންތަކުން އެނގޭކަންވެސް ސުޕްރީމްކޯޓުގެ ހުކުމުގައިވެެއެވެ.

ސުޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު ޖަލުހުކުމެއް ރައީސް ޔާމީން ތަންފީޒުކުރައްވަމުން ގެންދަވާތީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުން ރަނގަޅުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ވ ވަރަބިންދާލި ކޮތަރު
ރައްޔިތުން މިހާރު ވެސް ތިބީނިދިހަމަނުވެފަ މިސަރުކާރެއްގެ ދޯހަލިކަމުން ސަރުކާރު ގެއަށް ފޮނުވާލާފަ ރައްޔިތުން ނިދާނީ . ހަމަނިދިނުނިދިގެން އުޅޭން ޖެހޭނީ ފީކަލާސަރުކާރެއްގެ ސަބަބުން .
ވ ވ
ހިތުގާއޮންނަހަސަފަވެރިކަންބޮޑުކަމުން ނުވެސްނިދޭވާހަކައެބުނީ އިންސާނާގެހިތުގާ ހަސަދަވެރިކަންއުފެދިއްޖެނަމަ. އަލިފާން ދަރުކާފަދައިން އެމީހަކު ކުރާ ހެޔޮކަންތައް ކާލާކަމަން ވަނީ
ބ ބަސް
ފަހަރި އިމުރާނު ކަލޭހީނުކުރާތި ތިހެން ކަލޭހުރެވިދާނެ ކަމަކައް ކަލޭބާއް ވާނީއް ގޮޅީގަ ކަކޭހީނުކުރާތި ޗޯރުއައް މިފަހަރު ވެރިކަމައް އާދެވިދާނެކަމައް ތިކުއްހީޔެ ކަލޭ ގޮޅީގަ ނުބާއްވާނެ އެއްވެސް ގޮތެއްނެއް ޕީޕިއެމް ޕީއެންސީން ކުރިމަތިލާ ކޮންމެމީހަކީ ޔާމިނު ކަން ހަދާނުގާ ފަހަރި އިމްރާނު ވިސްނާ