މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ

މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 12:14
0

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހެޅުމަށް ނިންމައިފިއެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމު ހުށަހަޅަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ރައީސް ޔާމީން ނިންމި ނިންމުން ބަދަލު ނުކުރައްވައި ލީޑަރޝިޕަށް ފޮނުވުމާއި ގުޅިގެން ކުރެވުނު މަޝްވަރާ ތަކަށް ފަހުއެވެ.

ޕީޕީއެމް ޕީއެންސީގެ ސެނެޓުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. އިންތިޚާބު ބޮއިކޯޓްކުރަން ނުފެންނަކަމަށް 67 މެންބަރަކު ވޯޓު ދިނެވެ. ބޮއިކޮޓްކުރަން ފެންނަކަމަށް ވޯޓު ދެއްވީ 46 މެންބަރުންނެވެ. އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ގޮވާލާ ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

އެނގިފައިވާ ގޮތުގައި، މުއިއްޒު ރިޔާސީ ރޭހަށް ނުކުންނަވައިފިނަމަ، ޕީޕީއެމްގެ ތާއީދު އޭނާއަށް ނެތް ކަމަށް ބުނެ ރަސްމީކޮށް ބަޔާން ނެރޭނެ ކަމުގެ އިންޒާރު ޔާމީން ވަނީ ދެއްވައިފައެވެ.

މުޢިއްޒުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ހަމަޖައްސަވާފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވާނެއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނީ ބުދަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.