މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް މީޑިއާގެ ފަރާތުން ކުރިމަތިލެއްވި ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޢަލީ ޙުސައިންއާއި މިހާރު އޮންލައިންގެ މުއިއްޒު އިބްރާހީމްގެ އިތުރުން އިތުރު 5 މެންބަރަކު އިންތިޚާބުވެއްޖެއެވެ.
އެމްއެމްސީގެ މެންބަރުކަމަށް މީޑިއާއިން 15 ކެނޑިޑޭޓަކު ވާދަކުރިއެވެ. އެމްއެމްސީގައި މީޑިއާތައް ތަމްސީލްކުރާ 8 މެންބަރުން ތިއްބަވާއިރު މިފަހަރު އިންތިޚާބު ކުރަނީ 7 މެންބަރުންނެވެ. އެއީ އެއް މެންބަރުގެ ދައުރު އަދި ހަމަނުވާތީއެވެ. ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ލިބުނުކަމަށް މިހާތަނަށް ދައްކަނީ ދައުލަތުގެ މީޑިއާގެ ޢަލީ ޙުސައިން އަށެވެ.
މީޑިއާގެ ފަރާތުން ވާދަކުރި 15 ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބު ކާމިޔާބުކުރެއްވި 7 ކެނޑިޑޭޓުންނަކީ:
1- އަލީ ހުސައިން، ލައިފް ބޯއި / ގދ. ތިނަދޫ – ޕީއެސްއެމް: 152 ވޯޓް
2- ހުސައިން ސަގީފް، ހިސާން / ހދ. ވައިކަރުދޫ – ތިލަދުން: 97 ވޯޓް
3- މުއިއްޒު އިބްރާހީމް، ދޫޑިގަން، އުނަކެޑެގެ / ޏ.ފުވައްމުލައް – މިހާރު އޮންލައިން:99 ވޯޓް
4- އާދަމް ނަޒީރު، ކިނާރާ / ރ. އަލިފުށި – ހަތާވީސް އޮންލައިން:97 ވޯޓް
5- ޝަހުބާން ފަހުމީ، ފިނިވާގެ / ކ. މާލެ – ސަންގު:94 ވޯޓް
6- އާދަމް ނަވާޒު، ތުނޑި ޗާނދަނީވިލާ، / ލ. ގަން – ވަގުތު އޮންލައިން: 92 ވޯޓް
7- ހަސަން ޝާކިރު މުހައްމަދު، ހ. ހުދުފިނިމެމްމާގެ – މޯލްޑިވްސް ފިޝަމެން އެސޯސިއޭޝަން: 88 ވޯޓް
މިއަދު ބޭއްވި އެމްއެމްސީގެ އިންތިޚާބުގައި ޢާންމުންގެ ތެރެއިން އިންތިޚާބުކުރާ6 މެންބަރުން މިހާރު ވަނީ ކަށަވަރުވެފައެވެ. ޢާންމުންގެ ތެރެއިން14 ކެނޑިޑޭޓަކު ވާދަކުރިއިރު އިންތިޚާބު ކާމިޔާބުކޮށްފައިވާ 6 ކެނޑިޑޭޓުންނަކީ:
1- ފާތިމަތު އަހްމަދު، ޝަހީމީ މަންޒިލް / ގއ. ވިލިނގިލި: 142 ވޯޓް
2- އަންވަރު އިބްރާހިމް، މަންޒިލް / ބ. ތުޅާދޫ: 112ވޯޓް
3- އިބްރާހީމް ފައުޒީ، ބާޑްވިލާ/ ބ.ތުޅާދޫ:99 ވޯޓް
4- އަހްމަދު މޫސާ، / ހ. އަމްސާވިލާ:90 ވޯޓް
5- ޝަފާއަތު ހަބީބް، ފޭދޫ / ގދ. ހޯޑެއްދޫ:83 ވޯޓް
6- މުހައްމަދު ޝަފާއު ހަސަން / މ. ރިވެލިގެ/ މާލެ:82 ވޯޓް
މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ. ކައުންސިލުގެ މެންބަރުން އިންތިޚާބު ކުރެވެނީ މީޑިއާގެ ކަންތައްތައް ހިންގެވުމަށް ސަރުކާރުން ހަވާލުކުރައްވާފައިވާ އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ އިންތިޚާބެއްގައި ވޯޓުދީގެންނެވެ. އެގޮތުން ކައުންސިލުގެ ފުރަތަމަ އިންތިޚާބު ބާއްވާފައިވަނީ 28 އޭޕްރީލް 2010 ގައެވެ.
ކޮމެންޓު ފޮނުވާ