ޤާސިމްގެ ރަނިން މޭޓަކަށް އަމީން އިބްރާހިމް

ޤާސިމްގެ ރަނިން މޭޓަކަށް އަމީން އިބްރާހިމް

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2023 01:59
0

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް ޤާސިމް އިބްރާހިމްހެ ރަނިން މޭޓަކަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ހަމަޖައްސަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާސިމް ވަނީ ރަނިން މޭޓަކީ އަމީންކަމަށް އިއުލާން ކުރައްވާފައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމުގެ މުއްދަތު މާދަމައަށް ހަމަވާއިރު، ޖޭޕީން އަދި ކުރިމަތިލާފައި ނުވެއެވެ. އަމީން އަކީ ޤާސިމްގެ ވަރަށް އަރިސް އަދި ޖޭޕީގެ އެންމެ ގިނަ ދުވަހު އިޚުލާސްތެރި ކަމާއިއެކު މަސައްކަތް ކުރެެއްވި ބޭފުޅާއެވެ.

އަމީނަކީ ޖޭޕީގެ ހަތަރު ޑެޕިއުޓީ ލީޑަރުންގެ ތެރެއިން އެންމެ އިސް އެއް ޑެޕިއުޓީ ލީޑަރެވެ. އަދި އޭނާއަކީ ގާސިމްގެ އުތުރު ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަމީން ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު ކަން ކުރައްވައިފައެވެ. އަމީން ވަނީ ބައެއް ވުޒާރާތަކުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޖެންޑަ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ހިމެނެއެވެ. ވީޓީވީގެ ވެރިއަކަށް ވެސް މަސައްކަތް ކުރެއްވި އަމީން ވަނީ އެމްޓީސީސީ ބޯޑު ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވައިފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ރަނިންގ މޭޓް އިއުލާންކޮށްފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުގެ އިތުރުން ފާރިސް މައުމޫނުގެ އިތުރުން ޑރ މުހައްމަދު މުނައްވަރު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި މަދަމާ 14:00އަށް ހަމަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.