"ޗަންދުރަމުކީ 2″ ގައި ކަންގަނާ ފެނިގެންދާގޮތް ދައްކައިލައިފި

"ޗަންދުރަމުކީ 2″ ގައި ކަންގަނާ ފެނިގެންދާގޮތް ދައްކައިލައިފި

Author
ފާތިމަތު ނާވީ
09 އޮގަސްޓް 2023 11:22
0

ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކަންގަނާ ރަނާވަތު ފެނިގެންދާ ފިލްމް "ޗަންދުރަމުކީ 2″ ގައި ކަންގަނާ ފެނިގެންދާނެ ގޮތުގެ ޕޯސްޓަރު ތަކެއް ދައްކައިލައިފިއެވެ.

"ޗަންދުރަމުކީ" ގެ ނަމުގައި ސައުތުގެ ފިލްމް އެއް ވަނީ ގެނެސްދީފައިއެވެ. ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދި މި ފިލްމް ގައި ފެނިގެން ދިއައީ ރަޖްނިކާންތާ އާއި ނަޔަންތަރާގެ އިތުރުން ޖޯތިކާ އާއި ނައްސަރު އަދި ޕްރަބޫގެ އިތުރުން ވަޑިވެލޫއެވެ.

 

View this post on Instagram

 

A post shared by Lyca Productions (@lycaproductions)

އެނަމުގައި ދެވަނަ ފިލްމް އެއް އުފައްދާއިރުގައި "ޗަންދުރަމުކީ 2″ އިން ފެނިގެންދާނީ ކަންގަނާ އާއި އެކުގައި ސައުތުގެ މަޝްހޫރު އެކްޓަރެއް ކަމުގައިވާ  ރަގަވާ ލޯރެންސްއެވެ.

މި ފިލްމް ގައި ކަންގަނާ ފެނިގެންދާނީ ޖިންނި އަވަލައިފައިވާ މީހެއްގެ ރޯލުންނެވެ. މި ފިލްމް އަކީ  ހޮރޯ-ކޮމެޑީއެކެވެ. ފިލްމް އަކީ މިއަހަރުގެ އުންމީދީ ފިލްމްއެކެވެ. ފިލްމް ބެލުންތެރިންނަށް ގެެނެސްދިނުމަށް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަށެވެ.

 

View this post on Instagram

 

A post shared by Kangana Ranaut (@kanganaranaut)

"ޗަންދުރަމުކީ 2″ އިން ފެނިގެންދަނީ ކަންގަނާ ފިޔަވާ މުޅިންވެސް ސައުތުގެ ތަރިންނެވެ. ކާސްޓުގައި މަހިމާ ނަމްބިއާ، ލަކްޝްމީ މެނޮން، ރާދިކާ ސަރަތްކުމާރު، ސުބިކްޝާ، ރަވީ މާރިއާ، ޓީއެމް ކާތިކް ސްރީނިވާސަން އަދި ""ޗަންދުރަމުކީ" ގައި ވެސް މުހިންމު ރޯލެއް ކުލެފައިވާ އެކްޓަރު ވިދިވިލޫއެވެ.

ރާގަވް ލޮރެންސް އަކީ 2020 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ލަކްޝްމީ" ޑައިރެކްޓްކުރި ތަމަޅަ އެކްޓަރު ވެސްމެއެވެ. މިހާރު އެންމެ ކާމިޔާބު ކަމަށް ފާހަގަ ކުރެވެނީ ސައުތު އަދި އިންޑިއާގެ ބަތަލުން ގުޅިގެން ކުރިއަށްގެންދާ ފިލްމް ތަށް ކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.