ދެރަށެއްގެ ބިންހިކުމާ ދެރަށުގެ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ. އެމްޓީސީސީއާ ހަވާލުކުރައްވާފައިވަނީ ނ.މާފަރާއި ފ.ބިލެތްދޫގެ ބިންހިކުމުގެ މަސައްކަތާއި، ޅ.ހިންނަވަރާއި ރ.މީދޫ ބަނދަރުހެދުމުގެ މަސައްކަތެވެ.
ބިން ހިއްކުމަށް އެކުންފުންޏާ ހަވާލުކުރެއްވި މަޝްރޫއުތަކުގެ ތެރެއިން ނ.މާފަރުގެ ބިމަށް 20.40 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި އެސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމަންޓްވެސް ޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މިރަށުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 91.45 މިލިއަން ރުފިޔާއަށެވެ.
އެމްޓީސީސީއާއެކު ދެން ސޮއިކުރެއްވީ މިހާރުވެސް ބަނދަރުގެ މަސައްކަތް ކުރަމުން އަންނަ ޅ.ހިންނަވަރުގެ ބަނދަރުގެ މަސައްކަތަށް އިތުރު ކުރެވުނު މަސައްކަތްތަކެވެ.
MTCC has signed an agreement with @MoNPHImv towards implementation of Lh.Hinnavaru Harbor Development Project – Additional Works. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry. MP @JeehanJMS graced the ceremony.
Scope of… pic.twitter.com/260R7abO0V
— MTCC Plc (@MTCCPlc) August 3, 2023
ޅ. ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢަށް އިތުރުކުރެވުނު މަސައްކަތްތަކުގެ ދަށުނ،ް 244މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 51 މީޓަރުގެ މިހާރު ލާފައި ހުރި ބޭރުތޮށި ރީޕްރޮފައިލް ކުރުމާއ،ި 270 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވ.ެ މި މަޝްރޫޢަކީ 24.32 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.
ރ.މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރައްވާފައިވަނީ، 48.39 މިލިއަން ރުފިޔާއަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރައްވާފައިވަނީ 450 ދުވަހުގެ ތެރޭ ނިންމުމަށެވެ.
ރ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި
ޕްރެސް ރިލީޒް: https://t.co/YZHHeTDg9W pic.twitter.com/NHylZb87yD
— MTCC Plc (@MTCCPlc) August 3, 2023
ފ.ބިލެތްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކުރެއްވީ 99.99 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
MTCC has signed an agreement with @MoNPHImv towards implementation of F. Bilehdhoo Land Reclamation and Shore Protection Project. CEO @adamazim signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry. MP @Dhonbiley graced the ceremony.
Scope of… pic.twitter.com/o2kvS0cdCV
— MTCC Plc (@MTCCPlc) August 3, 2023
މިމަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް ފާތުމަތު ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
އެމްޓީސީސީން ބުނީ މި ހަތަރު ރަށުގައިވެސް މަސައްކަތް ފަށާނީ އެންވަޔަރަންމަންޓް އިންޕެކްޓް އެސެސްމަންޓް އީއައިއޭގެ މަސައްކަތް ނިމުމުންކަމަށެވެ.