ޤާސިމް ކެމްޕޭން ފެށުމަށް މާލެ، އަރިހުގައި ނާޒިމް!

ޤާސިމް ކެމްޕޭން ފެށުމަށް މާލެ، އަރިހުގައި ނާޒިމް!

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2023 12:37
0

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މާލެ ވަޑައިގެންނެވުމަށް ދަތުރު ފައްޓަވައިފިއެވެ.

ޤާސިމް ދިރިއުޅުއްވަމުން ގެންދަވަނީ ސަން އައިލެންޑްގައެވެ. ކެމްޕޭން ފެށުމަށް ޤާސިމް މާލެއަށް ވަޑައިގެންނަވާކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސީނިއާ އެޑްވައިޒާ އަހުމަދު ނިހާން ހުސެއިން މަނިކެވެ. ނިހާން ކުރެއްވި ޓުވީޓުގައި އެކީގައި ކުރީގެ ރައީސް ޔާމީންގެ ޒަމާންވީ އެކުވެރިޔާ އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންނެވިތަން ފެނެއެވެ.

ޤާސިމް ކެމްޕޭންގެ މަސައްކަތް ފެށުމަށް މާލެ ވަޑައިގަންނަވާއިރު، މިއަދު 2 ޖަހާއިރު ކުއްލި ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ އެޖެންޑާކޮށްފައެވެ. ޤާސިމް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ނިންމަވީނަމަވެސް އަދި އިލެކްޝަނަށް ފޯމު ހުށަހަޅުއްވާފައިނުވެއެވެ.

ޤާސިމާއި ނާޒިމް އެކީގައި އިން ފޮޓޯއަކާއިއެކު ޓުވީޓު ކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ޤާސިމްގެ ރަނިން މޭޓަކީ ނާޒިމްތޯ ސުވާލު ކުރައްވާފައެވެ. ނަމަވެސް ޤާސިމް އަދި ރަނިން މޭޓަކަށް ބޭފުޅަކު ކަނޑައަޅުއްވާފައި ނުވެއެވެ.

ޤާސިމް މިއަދު ކައުންސިލާއި ބައްދަލު ކުރައްވަނީ އިންތިޚާބާއި ގުޅުންހުރި މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތެލި
ނާޒިމް އަތުގަ ފުދޭވަރަކަށް ލާރި ހުންނާނެ